ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބުކިން ޑޮޓްކޮމްގެ ނަމުގައި ސްކޭމް މެސެޖުތަކެއް

scam alert
TTH_Ads
Maldivian_Ads
STO_Ads
Advertisement

“ބުކިން ޑޮޓް ކޮމްގެ” ނަމުގައި އޮޅުވާލައިގެން އެކި މީހުންނަށް ސްކޭމް މެސެޖްތަކެއް ފޮނުވަމުންދާތީ، އެކަމަށް ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި “ބުކިން ޑޮޓްކޮމް” ގެ ނަމުގައި އޮޅުވާލައިގެން ފައިސާ އަތުލަން އާ ސްކޭމް މެސެޖުތަކެއް ފޮނުވަމުން އަންނަކަމުގެ ޝަކުވާ އެ އިދާރާއަށްވަނީ ލިބިފަ އެވެ. މި މެސެޖުތަކަކީ ރިފަންޑެއް ދޭން ކަމަށް ބުނެ ކާޑުގެ މައުލޫމާތުތައް ވަގަށް ނެގުމަށް ސްކޭމަރުން ފޮނުވާ ފިޝިން ލިންކެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ރަސްމީ “ބުކިން ޑޮޓްކޮމްގެ” ގެ ބަދަލުގައި މެސެޖުގައި ވަނީ އޮޅުވާލުމެއް އެކުލެވޭ ފޭކް ކުރު ލިންކެއް ކަމަށާއި އަދި އަވަސް ކުރުވުމަށް 24 ގަޑިއިރު ތެރޭގައި މައުލޫމާތު ފުރިހަމަކޮށް ފޮނުވުމަށެވެ. މިފަދަ ކުޑަ ވަގުތުކޮޅެއް ދިނުމުގެ ބޭނުމަކީ މީހުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމަށް ސްކޭމަރުން ބޭނުންކުރަމުން އަންނަ އުކުޅެއްކަމަށްވެސް އެންޓި ސްކޭމް ސެންޓަރުން ބުންޏެވެ.

HajjCop_ads
Advertisement

އެ ސެންޓަރުން އިތުރަށް ބުނީ އެއްވެސް ކުންފުންޏަކުން ރިފަންޑް ދޭން ކާޑުގެ ނަންބަރާއި، އެކްސްޕަޔަރީ ޑޭޓް ނުވަތަ ސީވީވީ ހޯދާކަށް ލިންކެއް ނުފޮނުވާނެ ކަމަށާއި، އެފަދަ މެސެޖްތަކަށް ސަމާލުވުމަށެވެ.

އެހެންކަމުން ތިމާގެ މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް ލިންކަށް ނުފިއްތުމަށާއި އޯޓީޕީ އަދި ކާޑުގެ މައުލޫމާތު އެއްވެސް ފަރާތަކަށް ހިއްސާނުކުރުމަށް ފުލުހުން އެދިފައިވެ އެވެ. މީގެއިތުރުން ރަސްމީ އެޕްލިކޭޝަން ނުވަތަ ވެބްސައިޓަށް ވަދެ މައުލޫމާތުތައް ސައްހަކަން ކަށަވަރުކުރުމަށް އެދިފައިވެ އެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

scam alert

ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭކަމަށް ބުނެ ސްކޭމެއް

scam alert

ފާއިތުވި ހަފުތާގައި ސްކޭމްތަކުގައި ބައި މިލިޔަނެއްހާ ރުފިޔާ އޮޅުވައިލައިގެން ފޭރިގެންފައިވޭ!

Scam

ސްކޭމްގެ 3000 ވަނަ މައްސަލަ: މިއީ ހަމައެކަނި އަދަދެއް ނޫން، ސީރިއަސް އިންޒާރެއް!

ސްކޭމްކޮށްގެން ތިންލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގެންފި