ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 39.9 ބިލިއަން

minister zameer
TTH_Ads
Maldivian_Ads
STO_Ads
Advertisement

ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 39.9 ބިލިއަން ރުފިޔާ ލިބިފައިވާތީ، މިދިޔަ އަހަރަކީ މިހާތަނަށް ދައުލަތަށް އެންމެ ގިނައިން އާމްދަނީ ލިބުނު އަހަރު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

މިދިޔަ އަހަރުގެ ބަޖެޓުގެ ނަތީޖާ ބަޔާން ފިނޭންސް މިނިސްޓރީން މިއަދު ނެރެފައިވާއިރު އެ ބަޔާނުގައި ބުނެފައިވަނީ، 2024 ވަނަ އަހަރު ލިބުނު 35.1 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު، މިދިޔަ 2025 ވަނަ އަހަރު 4.8 ބިލިއަން ރުފިޔާ އިތުރަށް ލިބިފައިވާކަމަށެވެ. މިއީ 13.6 ޕަސެންޓްގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ އަންދާޒާ ކުރި މިންވަރަށްވުރެ އިތުރުވެފައިވާކަން ފާހަގަކޮށް، ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ، 31 އޮކްޓޯބަރު 2024 ގައި އެ މިނިސްޓްރީން ހުށަހެޅި ބަޖެޓުގައި 2025 ވަނަ އަހަރު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރީ 39.8 ބިލިއަން ރުފިޔާ ކަމަށެވެ.

HajjCop_ads
Advertisement

ނަމަވެސް އަހަރު ނިމުނުއިރު ލިބުނު އާމްދަނީ އަންދާޒާކުރި މިންވަރަށް ވުރެ 74.4 މިލިއަން ރުފިޔާ އިތުރުވެފައިވާކަމަށްވެސް ބުނެފައިވެއެވެ.

އާމްދަނީ އިތުރުވި މައިގަނޑު ސަބަބެއްގެ ގޮތުގައި ފިނޭންސް މިނިސްޓްރީން ފާހަގަ ކޮށްފައިވަނީ، ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު ކުރިއެރުމާއި ޓެކްސް ނޫން އާމްދަނީ އިތުރުވުމެވެ.

ބައެއް ދާއިރާތަކުން ލިބުނު އާމްދަނީ އަންދާޒާ ކުރި ވަރަށްވުރެ މަދުވި ނަމަވެސް، އެހެން ދާއިރާތަކުން އިތުރުވި އާމްދަނީއާ އެކު ޖުމުލަ އާމްދަނީ ބަޖެޓުގެ އަމާޒަށް ވާސިލުވެފައިވާކަމަށްވެސް ބުނެފައިވެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mira

ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 497 މިލިޔަން ރުފިޔާ ހޯދައިފި

finance ministry

ދައުލަތަށް ލިބުނު އާމްދަނީ 6.2 އިންސައްތަ އިތުރުވެއްޖެ

MMA

ބޭރު ފައިސާއިން ލިބޭ އާމްދަނީ ޖަމާކުރާ އެކައުންޓުގެ މައުލޫމާތު ހިއްސާކުރުން ލާޒިމުކޮށް ގަވާއިދު ބަދަލުކޮށްފި

mma

ކޮންޓްރެކްޓާ ފައިނޭންސިންގ އުސޫލުން އެމްއެމްއޭގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްގީކުރަނީ