ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފިޔާޒާއި ހަސަނުގެ ޝަރީއަތް އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފި

STO_Ads
TTH_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްތަށިފުޅުގައި ގަޛުފުގެ ތުހުމަތު އަޅުވައި ޑޮކިއުމަންޓްރީއެއް ގެނެސްދިންކަމުގެ މައްސަލަ ރައްދުވެފައިވާ “އަދަދު” ގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ ޝަރީއަތް އަންނަ ހޯމަދުވަހު ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.

ފިޔާޒާއި ހަސަނުގެ މައްޗަށް ދައުވާ ކުރަނީ “އަދަދު” ނޫހުން ރައީސް ޑރ. މުޢިއްޒު އިސްތަށިފުޅުގައި ގަޛުފުގެ ތުހުމަތު އަޅުވައި ގެނެސްދިން ޑޮކިއުމަންޓްރީއާ ގުޅިގެންނެވެ.

ސިއްރުކޮށްގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި ދެ މީހުންގެ ޝަރީއަތުގެ އަޑުއެހުންތައް ވެސް ފެށުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ 11:00 ގައެވެ.

HajjCop_ads
MMA_Ads
Advertisement

އެދެމީހުންގެ މައްޗަށް އުފުލި ދައުވާގައި ވަނީ އަދަދު ނޫހުގެ އިސް ދެ މަގާމުގައި ފިޔާޒާއި ހަސަން ތިއްބަވައިގެން ޝާއިއުކުރި އެ ޑޮކިއުމެންޓަރީގައި ރައީސަށް ޤަޛުފުކޮށްފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުން މީގެ ކުރިން ވަނީ އަދަދު ނޫހުން، ހުތުރު އަދި ޙަޤީޤަތެއް ނެތް ވާހަކަތަކެއް ހިމަނާ ނެރެފައިވާ ވީޑިއޯ ޑޮކިއުމަންޓްރީއާ ގުޅިގެން ޕްރޮސިކިއުޓަރު ޖެނެެެރަލްގެ އޮފީހުން އެ ކޯޓަށް ހުށައެޅި މައްސަލަ ބަލައިގަނެ އަމުރެއް ނެރެފަ އެވެ. ކޯޓުން މިފަދަ އަމުރެއް ނެރުއްވީ އަދަދު ނޫހުގެ އެޑިޓަރ އިން ޗީފް އަދި ސީއީއޯ ޙުސައިން ފިޔާޒް މޫސާ އާއި، އެޑިޓަރ ޙަސަން މުޙައްމަދުގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 612 ވަނަ މާއްދާގެ ދަށުން ޤަޛުފުގެ ކުށުގެ ދަޢުވާ އެ ކޯޓަށް ހުށައެޅުއްވުމާއި ގުޅިގެންނެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

1.5 ކިލޯގެ ޑްރަގް އެތެރެކުރި ރޫނާ އާއި އަލްޔާގެ ބަންދު އިތުރުކޮށްފި

ދިރާގު ފިހާރައަށް ބޮމުގެ އިންޒާރު ދިން ނަދީފު ޖަލަށް

high court

ގެގް އޯޑަރުގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

ފިޔާޒާއި ހަސަނުގެ ޝަރީއަތް މާދަމާ ފަށަން ތާވަލުކޮށްފި