ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕާކިސްތާން އަބަދުވެސް އޮންނާނީ އީރާނާ އެކުގައި: ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް

ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް (ކ) އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއާ ދެބޭފުޅުން ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން:
STO_Ads
TTH_Ads
Advertisement

ޕާކިސްތާން އަބަދުވެސް އޮންނާނީ އީރާނާއި އެކުގައި ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު މިފަދައިން ވިދާޅުވީ، އަޟްހާ ޢީދުގެ ތަހުނިޔާ ވިދާޅުވުމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އީރާނުގެ ރައީސާ އެކު ދެއްކެވި ވާހަކަފުޅުތަކަށްފަހު ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް އެކްސްގައި ޕޯސްޓް ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ސަރަހައްދުގައި ސުލްހަ ގާއިމްކުރުމަށް ޕާކިސްތާނުން ކުރަމުންދާ އިޚްލާސްތެރި މަސައްކަތްތަކަށް އީރާނުގެ ރައީސް ޝުކުރު އަދާކުރެއްވި ކަމަށެވެ.

HajjCop_ads
MMA_Ads
Advertisement

އަދި ހަމަ އެއާއެކު، ސަރަހައްދުގެ ސުލްހައަށް ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ފީލްޑް މާޝަލް ޖެނެރަލް ސައްޔިދު އާސިމް މުނީރުގެ އިތުރުން ސައުދީ އަރަބިއްޔާ، ގަތަރު އަދި ތުރުކީން އަދާކުރާ މުހިންމު ދައުރުވެސް އީރާނުގެ ރައީސް ފާހަގަކުރެއްވި ކަމަށް ވިދާޅުވިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ވިދާޅުވީ، އީރާނަށް ދިން ހަމަލާތަކުގައި އީރާނުގެ ކުށެއްނެތް އެތައް ފުރާނަތަކެއް ގެއްލިގެންދިޔަ ކަމުގެ ހިތާމައިގައި ޕާކިސްތާނު އޮތީ އީރާނުގެ އަޚުވަންތަ ރައްޔިތުންނާ އެކުގައިކަން އޭނާ ދެންނެވި ކަމަށެވެ.

އަދި ޕާކިސްތާން އަބަދުވެސް އޮންނާނީ އީރާނުގެ އިޚްލާސްތެރި އެކުވެރިއެއްގެ ގޮތުގައި އަދި އަވަށްޓެރިއެއްގެ ގޮތުގައި ކަމަށް، ޕާކިސްތާނުގެ ބޮޑުވަޒީރު، އީރާނުގެ ރައީސަށް ދެންނެވިއެވެ.

މިހާރު ކުރިއަށްދާ ސުލްހައިގެ މަސައްކަތްތަކުގެ ސަބަބުން ވަރަށް އަވަހަށް ދާއިމީ އެއްބަސްވުމަކަށް ދެވި، ސަރަހައްދުގައި ހަމަޖެހުން ގާއިމްކުރުމަށް މަގުފަހިވެގެންދާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

އެއްބަސްވުމެއް ހެދުމަށް އެމެރިކާއާއި އީރާނާ ދެމެދު ނުސީދާ ވާހަކަތައް ކުރިއަށްދިޔަ ނަމަވެސް، އެއްބަސްވުމަކާ ހަމައަށް އަދިވަނީ ދެވޭގޮތް ނުވެފައެވެ. އެއްބަސްވުމެއްގެ ދެލިކޮޕީއެއް އެކުލަވާލެވުމާ ހަމައަށް ގޮސްފައި ވަނިކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިސްނުން އަނެއްކޮޅަށްޖެހި، ހަރުކަށި އެތައް ޝަރުތުތަކެއް ކުރިމަތި ކުރުމުގެ ސަބަބުން އެއްބަސްވުމެއް ހެދުމަށް ކުރެވޭ މަސައްކަތްތަކުން އަދި ވަނީ ކުރިއެރުމެއް ލިބޭގޮތް ނުވެފައެވެ.

އީރާނުން ހުށަހަޅައި އެމެރިކާއިން އެއްބަސްވާނޭ ކަމަށް ކުރިން ބުނެފައިވާ ކަންކަމާވެސް ޓްރަމްޕް މިހާރު ގެންދަނީ ދެކޮޅު ހަދަމުންނެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާގެ ހަމަލާގައި ގެއްލުނު އިންޑިއާ 3 މީހުންގެ ހަށިގަނޑު ފެނިއްޖެ، އިންޑިއާގެ އުޅަނދަކަށް މިއަދުވެސް ހަމަލާދީފި

އީރާނުގެ އެކި ރަށްތަކަށް އެމެރިކާއިން ރޭގައި ބޮންއެޅުމުން އީރާނުން ވަރުގަދައަށް ބަދަލުހިފައިފި

އެމެރިކާގެ އަސްކަރީ ބޭސްތަކަށް ދެމުންގެންދިޔަ ހަމަލާތައް އީރާނުން މެދުކަނޑާލައިފި

އީރާނު ބޮލުގައި ދޮގު ތުހުމަތުތަކެއް އަޅުވައި، އެމެރިކާއިން އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފަށައިފި