ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕާކިސްތާނު ވަރަށް ބިޒީ: އާސިމް ތެހެރާނުގައި، ޝަހްބާޒް ދޯހާގައި، ވާހަކަތައް ފަށާނެ ތާރީޚެއް އަދި ކަނޑަނޭޅޭ

ޕާކިސްތާނުގެ ޗީފް އޮފް ޑިފެންސް ފޯސަސް ފީލްޑް މާޝަލް ސައްޔިދު އާސިމް މުނީރު (ވ)، ތެހެރާނުގައި އީރާނު ޕާލަމެންޓުގެ ރައީސް ޑރ. މުހައްމަދު ބާގިރު ގާލިބާފާ ބައްދަލު ކުރައްވަނީ:
STO_Ads
TTH_Ads
Advertisement

އެމެރިކާއާއި އީރާނާ ދެމެދު ދެވަނަ ބުރުގެ ވާހަކަތައް ބޭއްވުމަށް ކުރަމުންދާ މަސައްކަތުގައި ޕާކިސްތާނު މިއަދު ފެންނަނީ ވަރަށް އެކްޓިވްކޮށް އުޅޭ ތަނެވެ.

ދުނިޔޭގެ އެންމެންވެސް އުންމީދު ކުރަމުންދަނީ އެމެރިކާއާއި އީރާނު އަލުން ހަނގުރާމަ ނުފަށައި، ސުލްހައިގެ އެއްބަސްވުމަކާ ހަމަށް ދިއުމަށެވެ. އެކަން ކުރެވޭނީ ޕާކިސްތާނަށެވެ. 47 އަހަރަށްފަހު އެމެރިކާއާއި އީރާނުގެ ވެރިން އެއްމޭޒުދޮށަށް ގެނައީވެސް ޕާކިސްތާނުންނެވެ.

އެމެރިކާއާއި އީރާނާ ދެމެދު ވާހަކަތައް ބޭއްވިގެންދިޔައީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފާއި، ޕާކިސްތާނުގެ ޗީފް އޮފް ޑިފެންސް ފޯސަސް ފީލްޑް މާޝަލް ސައްޔިދު އާސިމް މުނީރާ ދެބޭފުޅުންގެ އާދަޔާ ޚިލާފް ބުރަ މަސައްކަތްޕުޅުތަކުންނެވެ.

HajjCop_ads
Advertisement

ޕާކިސްތާނުގެ ޗީފް އޮފް ޑިފެންސް ފޯސަސް ފީލްޑް މާޝަލް ސައްޔިދު އާސިމް މުނީރަކީ އެމެރިކާގެ ރައީސްވެސް ވަރަށް ރުހޭ ބޭފުޅެކެވެ. ދެވަނަ ބުރުގެ ވާހަކަތައް ޕާކިސްތާނުގައި ބޭއްވުމަށް ފުރަތަމަ ދެކޮޅު ހަދާފައި ފަހުން ޓްރަމްޕް އަމިއްލައަށް ޕާކިސްތާނަށް ގުޅައި ޕާކިސްތާނުގައި ވާހަކަތައް ބާއްވަން އެދުމުގެ ފަހަތުގައި ވަނީވެސް އާސިމް މުނީރެވެ.

އެމެރިކާގެ ރައީސްގެ އިތުރުން، އާސިމް މުނީރަކީ އީރާނުންވެސް ވަރަށް އިހްތިރާމްކުރާ، ވަރަށް ގަދަރުކުރާ ބޭފުޅެކެވެ.

އީރާނާއި އެމެރިކާއާ ދެމެދު އަލުން ވާހަކަތައް ބާއްވައި، އެއްބަސްވުމެއް ހަދައި، ހަނގުރާމައިގެ ހާލަތު ނިމުމަކަށް ގެނައުމަށް ކުރެވޭ މަސައްކަތުގެ ދަށުން ޗީފް އޮފް ޑިފެންސް ފޯސަސް ފީލްޑް މާޝަލް ސައްޔިދު އާސިމް މުނީރު މިއަދު ވަޑައިގެން އުޅުއްވަނީ ތެހެރާނުގައެވެ. އާސިމް މުނީރު ތެހެރާނަށް ވަޑައިގަތުމުން ފުރަތަމަ މަރްހަބާ ވިދާޅުވީ، އީރާނުގެ ޚާރިޖީ ވަޒީރު ޑރ. އައްބާސް އަރަޣްޗީއެވެ.

އެ ދެބޭފުޅުންގެ ދެމެދުގައި ބޭއްވުނު ރަސްމީ ވާހަކަތަކަށްފަހު، ޗީފް އޮފް ޑިފެންސް ފޯސަސް ފީލްޑް މާޝަލް ސައްޔިދު އާސިމް މުނީރުވަނީ، އީރާނު ޕާލަމެންޓުގެ ރައީސް ޑރ. މުހައްމަދު ބާގިރު ގާލިބާފާވެސް ބައްދަލު ކުރައްވައި މަޝްވަރާތައް ބާއްވާފައެވެ.

އެމެރިކާއާއެކު ދެން ބާއްވާ ވާހަކަތަކަށްވެސް އީރާނުގެ ފަރާތުން ބައިވެރިވެވަޑައި ގަތުމަށް ހަމަޖެހިފައިވަނީ ޑރ. މުހައްމަދު ބާގިރު ގާލިބާފާއި، ޑރ. އައްބާސް އަރަޣްޗީއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް މިއަދު ވަނީ ގަތަރަށް ވަޑައިގެންފައެވެ. ޝަހްބާޒް ޝަރީފް ދޯހާގައި ގަތަރުގެ އަމީރާ ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވާނެއެވެ.

އީރާނާއި އެމެރިކާއާ ދެމެދު ވާހަކަތައް ބޭއްވުމަށާއި، ދެފަރާތުގެ ދެމެދުގައި މެސެޖްތައް ބަދަލުކުރުމުގައި ޕާކިސްތާނުން އެހީތެރިވަމުން ގެންދާއިރު، ވާހަތައް ބާއްވާނެ ތާރީޚެއް އަދި ކަނޑަ ނޭޅޭކަމަށް ޕާކިސްތާނު ޚާރިޖިއްޔާއިން މިއަދު ވަނީ ބުނެފައެވެ. ޕާކިސްތާނު ޚާރިޖިއްޔާއިން މިއަދު ބުނެފައިވަނީ އެމެރިކާއާއި އީރާނާ ދެމެދު ވާހަކަތައް ބާއްވާއިރު، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ލުބުނާނުވެސް ހިމެނޭ ކަމަށެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު މިމަހުގެ 22 ގައި ހަމަވާއިރު، އިތުރު ދެ ހަފްތާއަށް މުއްދަތު އިތުރުކުރަން އެމެރިކާއާއި އީރާނުން މެސެޖް ބަދަލު ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ރައްޔިތުން އަވަހަށް ފުރުމަށް އިރުޝާދުދީ، އިތުރު މީހުން މެދުއިރުމައްޗަށް ނައުމަށް އަންގައި އިންޒާރުކޮށްފި

އީރާނަށް ދެން ހަމަލާދިނުމަކީ އެމެރިކާއިން ކުރާނެ އެންމެ މޮޔަ ކަންތައް، ރައްދުދިނުމުގެ ޕްލޭނަށް މިތިބީ ތައްޔާރަށް: އިންގިލާބީ ލަޝްކަރު

ހަމަލާތައް ހުއްޓާލައި އިސްތިއުމާރީ ސިފައިން ޣައްޒާއިން ނުފައިބާނަމަ ހަތިޔާރެއް ނުބަހައްޓާނަން: ހަމާސް

އީރާނާ ދެކޮޅަށް ޓްރަމްޕް ފަށައިގެންއުޅޭ ހަނގުރާމަ ހުއްޓުވަން ހުށަހެޅުނު ގަރާރު ދިރާސާކުރަން ސެނޭޓް ތައްޔާރުވެއްޖެ