ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނުގެ ޚާރިޖީ ވަޒީރު އުމާންގައި، “ޚަރަދުބޮޑުކަމުން” އެމެރިކާގެ މަންދޫބުން ޕާކިސްތާނަށް ނުފޮނުވަން ޓްރަމްޕް ނިންމައިފި

STO_Ads
TTH_Ads
Advertisement

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ އުމާނަށް ވަޑައިގެންފިއެވެ.

މިއީ، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ޣައިރުގާނޫނީ ހަނގުރާމައިގެ ފަހުން އީރާނުގެ ޚާރިޖީ ވަޒީރު އުމާނަށް އަދި ސަރަހައްދުގެ ގައުމަކަށްވެސް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ އުމާނަށް މި ވަޑައިގެންނެވީ ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅަކަށް ފަހުގައެވެ.

HajjCop_ads
Advertisement

ޚާރިޖީ ވަޒީރުގެ ދަތުރުފުޅާ ގުޅޭގޮތުން އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާއިލް ބަޤާއީ ވިދާޅުވީ، ފާރިސީ ކަނޑުގެ ސަރަހައްދުގެ ގައުމުތަކާ އެކު އޮންނަ ގުޅުމަށް އީރާނުން ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދޭ ކަމަށެވެ. އަދި އީރާނު އޮތީ، ދެފަރާތުގެ އިތުބާރާއި ބިނާކުރަނިވި އެއްބާރުލުން ހަރުދަނާކުރުމުގެ ވައުދުގެމަތީގައި ކަމަށްވެސް ވިދާޅުވިއެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭންފެށި އުދުވާނީ ހަމަލާތަކުގެ ރައްދުގައި ގަލްފްގެ ގައުމުތަކުގައި ހުރި އެމެރިކާ އަދި އިސްރާއީލުގެ މަސްލަހަތުތަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދިނެވެ. މި ހަމަލާތަކުގެ ސަބަބުން ގަލްފްގެ ގައުމުތަކާއި އީރާނުގެ ގުޅުންތަކުގައި ކުނި ޖެހިގެންދިޔައެވެ.

އުމާނަކީ، އެމެރިކާއާއި އީރާނާ ދެމެދު ކުރިން ބޭއްވި ވާހަކަތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރި ގައުމެވެ.

ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅަށްފަހު އީރާނުގެ ޚާރިޖީ ވަޒީރު އުމާނަށް ވަޑައިގެންނެވި އިރު، އައްބާސް އަރަޣްޗީގެ ވަފުދުގައި ހިމެނޭ ބައެއް ބޭފުޅުންވަނީ އެނބުރި ތެހެރާނަށް ގޮސްފައެވެ. އެއީ، މިހާރު މަޝްވަރާ ކުރަމުންދާ އޮނިގަނޑާ ގުޅޭގޮތުން މަޝްވަރާކުރަންޖެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް ކަމަށް ވެއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ އުމާނަށްފަހު އަނެއްކާވެސް ޕާކިސްތާނަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، ތެހެރާނަށް ދިޔަ ވަފުދުގެ މެމްބަރުންވެސް ޕާކިސްތާނުން ވަފުދާ ގުޅޭނޭ ކަމަށް ވެއެވެ.

ދެފަރާތުން މެސެޖް މެދުވެރިކޮށް މިހާރު ވާހަކަ ދައްކަމުންދާ އޮނިގަނޑުގައި ހިމެނެނީ ހޮރްމޫޒުގެ މައްސަލައާއި، އެމެރިކާގެ ބްލޮކޭޑްގެ މައްސަލަ އެކަނި ކަމަށް ވެއެވެ.

އީރާނާއި އެމެރިކާއާ ދެމެދު ސީދާ  ވާހަކަތައް ބާއްވަން އުޅޭކަމެއް އަދި ސާފެއް ނުވެއެވެ. އެކަމުގެ ނިޝާނެއް އަދި ނުފެނެއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ އުމާނަށްފަހު އަނެއްކާވެސް ޕާކިސްތާނަށް ވަޑައިގަތުމަށް ހަމަޖެހިފައި ވާއިރު، އުމާނަށްފަހު އަރަޣްޗީ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ރަޝިޔާއަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވަނީ، ދަތުރު ދިގުވުމާއި، ޚަރަދު ބޮޑުކަމުން އޭނާގެ މަންދޫބުން ކަމަށްވެސް ސްޓީވް ވިޓްކޮފާއި، ޖެރެޑް ކުޝްނަރ ޕާކިސްތާނަށް ނުފޮނުވާ ގޮތަށް މިހާރު ނިންމާފައިވާ ކަމަށެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހޮރްމޫޒު ހުރަސްކުރުމަށް އެއްވެސް ހުރަހެއް ނެތް، ނުރައްކާއޮތީ އެމެރިކާގެ ފަރާތުން: އީރާނު ޚާރިޖީ ވަޒީރު

16 ގަޑިއިރުގެ ދަތުރަކަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއަށް

އެމެރިކާގެ ގަރާރަށް ތާއީދުކުރާ ސަރަހައްދުގެ ގައުމުތަކަށް ހޮރްމޫޒު ދާއިމަށް ބަންދުވެދާނެ: އީރާން

އީރާނުން ހަމަލާދޭތީ ކަމަށް ބުނެ ޔޫއޭއީގެ އެއަރ ޑިފެންސް ނިޒާމުތައް އެކްޓިވޭޓްކޮށްފައި