ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަނގުރާމައާ ގުޅޭގޮތުން އެއްވެސް ބަޔަކާ ވާހަކަ ދެއްކުމުގެ ޕްލޭނެއް މިވަގުތު ނެތް: އީރާނު

އީރާނުގެ ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާއިލް ބަގާޔީ:
STO_Ads
TTH_Ads
Advertisement

ހަނގުރާމައާ ގުޅޭގޮތުން އެއްވެސް ބަޔަކާ ވާހަކަ ދެއްކުމުގެ ޕްލޭނެއް މިވަގުތު ނެތްކަމަށް އީރާނުން ބުނެފިއެވެ.

އީރާނުން މިކަން ހާމަކޮށްފައިވަނީ، އީރާނާއި އެމެރިކާއާ ދެމެދު ވާހަކަ ދެކެވެމުންދާ ކަމަށް އެމެރިކާގެ ރައީސް ތަކުރާރުކޮށް ބުނަމުންދަނިކޮށެވެ.

އީރާނުގެ ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާއިލް ބަގާޔީ، ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވީ، އެމެރިކާއާއި އީރާނާ ދެމެދު އެއްވެސް ވާހަކައެއް ނުދެކެވޭ ކަމަށެވެ.

HajjCop_ads
Advertisement

އީރާނުގެ ވަފުދެއް އެހެން ގައުމަކަށް ފޮނުވަން ނުވަތަ އެހެން ގައުމެއްގެ ވަފުދެއް އީރާނަށް ގެނައުމުގެ ޕްލޭނެއްވެސް މިދުވަސްކޮޅު ނެތްކަމަށް ބަގަޔީ ވިދާޅުވިއެވެ.

ސަރަޙައްދުގައި ކުރިމަތިލުންތައް އިތުރުވަމުންދާތީއާއި، އަމާންކަން ގެއްލެމުންދާތީ ޗައިނާއިން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށާއި، ހާލަތު  ގޯސްވިޔަނުދިނުމަށް ޗައިނާއިން އެގައުމަށް ކުރެވެންހުރި ކަންތައްތަކެއް ކުރަމުންދާ ކަމަށް އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވިއެވެ.

އެހެން ގައުމުތަކެކޭ އެއްގޮތަށް ޗައިނާއިންވެސް އެހީތެރިވަމުންދާ ކަމަށާއި، އީރާނު-އެމެރިކާއާ ގުޅުންހުރި މައްސަލަތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރަމުންދަނީ ޕާކިސްތާނުން ކަމަށް ބަގާޔީ ވިދާޅުވިއެވެ. އެކަމުގައި ގަތަރުންވެސް އެހީތެރިކަން ފޯރުކޮށްދެމުންގެންދާ ކަމަށް ވިދާޅުވިއެވެ.

އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާއިލް ބަގާޔީ ވިދާޅުވީ، މިވަގުތު ކުރިއަށްދަނީ އީރާނާއި އުމާނާ ދެމެދު ކުރެވެމުންދާ މަޝްވަރާތަކެއް ކަމަށެވެ. އެއީ، ހޮރްމޫޒުން އުޅަނދުފަހަރަށް ރައްކަތެރިކަމާއެކު ހުރަސްކުރެވޭނެ އައު ރޫޓެއް ކަނޑައެޅުމުގެ މަޝްވަރާތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

އައު ރޫޓެއް ކަނޑައެޅުމަކީ ހޮރްމޫޒު ހުޅުވުން ނޫންކަމަށްވެސް ބަގާޔީ ވިދާޅުވިއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަހަރެން ބޮޑުވަޒީރަކަށް ހުރިހާހިނދަކު ފަލަސްތީނުގެ މިނިވަން ދައުލަތެއް ނުއުފެއްދޭނެ: ނަތަންޔާހޫ

ހޮރްމޫޒު ހުޅުވަން އީރާނުން އެމެރިކާއަށް ކުރިމަތިކުރީ ސަލާމަތްނުވެވޭވަރުގެ ހަރުކަށި ޝަރުތުތަކެއް

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް މައްޗަށް ޖެހިލައިފި

ހޮރްމޫޒާ ގުޅޭގޮތުން އީރާނާއި އުމާން އެއްބަސްވުމަކަށް، ހޮރްމޫޒު ވަގުތުން ނުހުޅުވާނެ