ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނު، އެމެރިކާއަށް ބޮލެއް ނުލެނބި، އެންމެން މިހާރު އިންތިޒާރު ކުރަމުންދަނީ ޓްރަމްޕް ހަދާނެގޮތަކަށް

ެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
TTH_Ads
STO_Ads
Advertisement

އެމެރިކާއާ ވާހަކަ ދައްކަން އީރާނުން ދިޔަނަމަވެސް، އެމެރިކާގެ ޑިމާންޑްތަކަށް އީރާނު ބޮލެއް ނުލެނބިއެވެ.

އީރާނާއި އެމެރިކާއާ ދެމެދު އިސްލާމްއާބާދުގައި ބޭއްވި ސީދާ ވާހަކަތައް ކުރިއަށް ދިޔައީ 21 ގަޑިއިރަށެވެ. އެއީ، ދޭތެރެ ދޭތެރެއިން ލިއުންތައް ބަދަލުކުރަމުން، ބްރޭކް ނަގަމުންނެވެ.

އެމެރިކާގެ ހުށަހެޅުންތަކަށް އީރާނު ބޯ ނުލެނބުމުން، ވާހަކަތަކުގައި ބައިވެރިވާ އެމެރިކާ ވަފުދުގެ ވެރިޔާ ޖޭޑީ ވެންސްވަނީ ވަގުތުން ފުރައިގެން ގޮސްފައެވެ.

HajjCop_ads
MMA_Ads
Advertisement

ޕާކިސްތާނުން ފުރުމުގެ ކުރިން ބޭއްވި ކުރު ޕްރެސް ކޮންފަރެންސެއްގައި އެމެރިކާގެ ނައިބް ރައީސް ބުނީ، އެމެރިކާގެ ހުށަހެޅުންތަކަށް އީރާނު އެއްބަސްނުވުމުން ވާހަކަތައް ނިމިއްޖެ ކަމަށެވެ.

އެމެރިކާއިން އީރާނަށް ހުށަހެޅި މައިގަނޑު ނުކުތާތަކަކީ، ހޮރްމޫޒު ކަނޑުއޮޅި މުޅިން ހުޅުވާލުމާއި، އީރާނުން ފައްކާކޮށްފައި ހުރި ޔޫރޭނިއަމް އެމެރިކާއާއި ހަވާލުކުރުމާއި، ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ދުވަހަކުވެސް މަސައްކަތް ނުކުރާނެ ކަމަށް އަހުދުވުމުގެ އިތުރުން، ލުބުނާނުގެ މައްސަލަ ދޫކޮށްލުމަށެވެ.

ނަމަވެސް، އީރާނުން ވަނީ އެމެރިކާގެ އެ ހުށަހެޅުންތަކަށް ނޫނެކޭ ބުނެފައެވެ. އީރާނުން ބުނީ، އީރާނުގެ ހައްގުތަކާއި، އީރާނުގެ މަސްލަހަތުތަކަށް އެމެރިކާއިންވެސް އިހްތިރާމް ކުރަން ޖެހޭނޭ ކަމަށާއި، އެމެރިކާގެ ހުށަހެޅުންތަކަކީ އީރާނުގެ ހައްގުތަކަށް އަރައިގަން ހުށަހެޅުންތަކެއް ކަމަށެވެ.

އެމެރިކާގެ ނައިބް ރައީސް ފުރައިގެން ދަމުން ބުނީ، އެމެރިކާއިން އީރާނަށް ވަރަށް ރަނގަޅު އަދި އެންމެ ފަހުގެ ހުށަހެޅުން ހުށަހަޅާފައިވާ ކަމަށާއި، އެޔާމެދު އީރާނުން ވިސްނާނޭ ކަމަށް އުންމީދުކުރާ ކަމަށެވެ.

ނަމަވެސް، އެމެރިކާއިން އައު ހުށަހެޅުމެއް އައިކަމެއް އީރާނުން ނުބުނެއެވެ.

އީރާނާއި އެމެރިކާއާ ދެމެދު ޕާކިސްތާނުގައި ބޭއްވި ވާހަކަތައް ވަނީ ރަސްމީގޮތުން ނިމިފައެވެ. ނަމަވެސް، އީރާނާއި އެމެރިކާގެ ފަރާތުން އާންމުކޮށްފައިވާ ވާހަކަތަކަށް ބަލާއިރު، އިސްލާމްއާބާދު ވާހަކަތައް ނިމުމަކީ ޑިޕްލޮމަސީގެ ދޮރު ބަންދުވުމެއް ނޫނެވެ.

އެކަމަކު، އެންމެންވެސް މިހާރު އިންތިޒާރު ކުރަމުންދަނީ ޕާކިސްތާނު ޓޯކްސްއާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނާނެ އެއްޗެއް ނުވަތަ ކަންކުރާނެ ގޮތަކަށެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
HajjCop_ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ސިފައިން އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި، އީރާނުގެ ރައްދު އަންނާނެގޮތެއް އަދި ނޭނގޭ

ބިންހެލުންތަކުގައި ވެނެޒުއެލާއިން މަރުވި މީހުންގެ އަދަދު 589 އަށް އަރައިފި

އެމެރިކާއިން ޑިމާންޑްކުރިޔަސް ލުބުނާނުން ސިފައިން ނުލާބާނަން: އިސްރާއީލު ޑިފެންސް މިނިސްޓަރު

އީރާނުގެ ރައީސާއި ޕާކިސްތާނުގެ ބޮޑުވަޒީރު ބައްދަލުކުރައްވައިފި، އީރާނުގެ ރައީސަށް ޕާކިސްތާނުން ތާރީޚީ ހޫނު މަރްހަބާއެއް