ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެފްޑީސީ ތަރައްޤީ ކުރަމުންދާ އައު ފްލެޓްތައް ހިމެނޭ ސަރަޙައްދުގެ މަގުތައް މިއަހަރު ނިންމަނީ

STO_Ads
TTH_Ads
Advertisement

އެފްޑީސީން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރަމުންދާ 4000 ހައުސިންގ ޔުނިޓު ހިމެނޭ ސަރަޙައްދުގެ މަގުތައް ހެދުމުގެ މަޝްރޫޢު ނިމޭނީ މިއަހަރުގެ ފަހުކޮޅު ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ވިދާޅުވެއްޖެއެވެ.

އެޗްޑީސީން މި މަސައްކަތް ކުރިޔަށް ގެންދަނީ، 9 ފިޔަވައްސަކަށް ބަހާލައިގެންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެޗްޑީސީން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން މަގުތަކުގައި ގައު އެތުރުމުގެ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން ޒޯން 1އިން ފެށިގެން ޒޯން 6 އާ ހަމައަށް ހުރިހާ ޒޯނެއްގެ މަގުތަކުގައި ގައު އެތުރުމުގެ 95 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ރީތިގަސް މަގު ފޭސް 2 ހިމެނޭ ޒޯން 7ގެ މަސައްކަތުގެ 35 އިންސައްތަ ނިމިފައިވާ ކަމަށެވެ.

HajjCop_ads
MMA_Ads
Advertisement

އެޗްޑީސީން ވިދާޅުވީ، މަޝްރޫޢުގެ ހުރިހާ ޒޯންތަކެއް އެއްކޮށް ބަލާއިރު މަގުބައްތި ހަރުކުރުމުގެ 85 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މަގުބައްތި ހަރުކުރުމުގެ ބާކީ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނީ ދިގުތިޔާރަ މަގުގެ މަސައްކަތް އެއްކޮށް ނިމުމުން ކަމަށް އެކުންފުނިން މައުލޫމާތު ދެއްވައެވެ. އެ މަގުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ބައްތި ހަރުކުރުމުގެ މަސައްކަތް ފެށޭނެ ކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

އެޗްޑީސީން ވިދާޅުވީ، މި މަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއް އެޗްޑީސީގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

މީގެއިތުރުން މަގުތަކުގެ ދުވާރާއި ވެހިކަލް ޕާކްކުރާ ސަރަޙައްދުތަކުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އެޗްޑީސީން ވިދާޅުވިއެވެ. މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް ލަފާކުރެވެނީ މިއަހަރުގެ ފަހުކޮޅު ކަމަށް އެކުންފުނިން މައުލޫމާތުދެއްވައެވެ. އަމާން ދޯދި އަދި އަމާން އުދަރެސް ފްލެޓްތަކުން އެޕާޓްމެންޓް ލިބުނު ބައެއް ފަރާތްތަކުން މިހާރު އެތަނުގައި ދިރިއުޅެން ފަށާފައިވާއިރު، އެ ސަރަޙައްދުގައި ގަސް އިންދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

އެފްޑީސީން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކޮށްފައިވާ 4000 ހައުސިންގ ޔުނިޓުގެ ތެރޭގައި ހިމެނެނީ، 16 ފަންގިފިލާގެ 32 ޓަވަރެވެ. މީގެތެރޭގައި 2 ކޮޓަރިއާއި، 3 ކޮޓަރީގެ އެޕާޓްމަންޓުތައް ހިމެނެއެވެ. ފްލެޓުތަކުގެ ތަޅުދަނޑި ޙަވާލު ކުރަމުންދަނީ، އެތަންތަނުގެ ފެނާއި ކަރަންޓު ގުޅައިދިނުމަށްފަހުގައެވެ. އެފްޑީސީން ދަނީ، އަލަށް އެ ސަރަޙައްދަށް ބަދަލުވަމުންދާ ފަރާތްތަކަށް ފަސޭހަވާނެހެން އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ހުޅުމާލެ ފަޅުތެރެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް އެޗްޑީސީން ކުރިއަށް ގެންގޮސްފި

hulhumale

އެފްޑީސީގެ ފްލެޓް ކުއްޔަށް ދިން މީހަކު ޖޫރިމަނާކޮށް، އިތުރު ތިން މީހަކަށް އިންޒާރު

hulhumale

ދުނިޔޭގެ ތިމާވެށި ދުވަހާ ގުޅިގެން، ހުޅުމާލޭގައި ރުއް އިންދުމުގެ ހަރަކާތެއް ބާއްވަނީ

Io

ހުޅުމާލޭ ލަކުޑި ޖެޓީއަށް ގެއްލުންވެ، ބޭނުންކުރުން ވަގުތީގޮތުން މަނާކޮށްފި