ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިމަހުގެ މުސާރަ ދޭނީ އަންނަ ބުރާސްފަތި އަދި އާދީއްތަ ދުވަހު: ފިނޭންސް

finance
TTH_Ads
STO_Ads
Advertisement

މި ހިނގާ މެއި މަހުގެ މުސާރަ އާއި އިނާޔަތްތައް އަންނަ ބުރާސްފަތި އަދި އާދީއްތަ ދުވަހު ދޫކުރަން ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން މިއަދު ބުނީ ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ޖަމާކުރުމުގެ ކަންކަން މިގޮތަށް ތަރުތީބުކުރީ ކުރިއަށް އޮތް އަޟްހާ އީދު ބަންދާއި، އެ ދުވަސްވަރު ބޭންކުތައް ހުޅުވާފައި ހުންނާނެ ވަގުތުތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ. އާންމު ގޮތެއްގައި މަހުގެ ފަހުކޮޅު މުސާރަ ޖަމާކުރި ނަމަވެސް، ބަންދު ދުވަސްތަކާ ގުޅިގެން މިފަހަރު ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

މިއަހަރުގެ އަޟްހާ އީދު ބަންދާ ގުޅިގެން ސަރުކާރުގެ އޮފީސްތައް މިދިޔަ ހުކުރު ދުވަހުން ފެށިގެން ބަންދުކޮށްފައިވާ އިރު، އޮފީސްތައް އަލުން ހުޅުވޭނީ 31 މެއި ގައެވެ. މި ދިގު ބަންދު ދުވަސްތަކުގެ ތެރެއިން ބޭންކުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ހަމައެކަނި 28 މެއި ވާ ބުރާސްފަތި ދުވަހުއެވެ.

HajjCop_ads
MMA_Ads
Advertisement

މިނިސްޓްރީގެ އޮފިޝަލަކު މީޑިއާތަކަށް ވިދާޅުވީ، ބަންދު ދުވަސްތަކުގެ ތެރެއިން ބޭންކު ހުޅުވާ ދުވަސް ކަމަށްވާ 28 ވަނަ ދުވަހާއި، ސަރުކާރު އޮފީސްތައް އަލުން ހުޅުވޭ ދުވަސް ކަމަށްވާ 31 ވަނަ ދުވަހު މުސާރަ އާއި އިނާޔަތްތައް ޖަމާކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރިއަށް ގެންދާނެ ކަމަށެވެ. މިއީ އީދު ބަންދާ ދިމާކޮށް މުވައްޒަފުންނަށް ދަތިނުވާނެހެން މުސާރަ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ކޮންމެ މަހެއްގެ މުސާރަ ދޫކުރަންޖެހެނީ އެ މަހެއްގެ ރަސްމީ ބަންދު ނޫން ފަހު ތިން ދުވަހުގެ ތެރޭގައެވެ.

މިކަމަށް އިޝާރާތްކުރައްވައި އޮފިޝަލް ވިދާޅުވީ، “ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތުން ކޮންމެ މަހެއްގެ މުސާރަ ދޫކުރަންޖެހެނީ އެ މަހެއްގެ ރަސްމީ ބަންދު ނޫން ފަހު ތިން ދުވަހުގެ ތެރޭގައި. އެހެންކަމުން މެއި މަހުގެ މުސާރަ އާއި އިނާޔަތްތައް ދޫކުރާނީ 28 އަދި 31 މެއިގައި” ކަމަށެވެ.

މިނިސްޓްރީން އިތުރަށް ބުނީ މާލިއްޔަތު ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން މުސާރަ ދޫކުރުމަށް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ސަރުކާރުން އެކަން ކުރިއަށްގެންދާނެ ކަމަށާއި، މި ދެ ދުވަހުގެ ތެރޭގައި ހުރިހާ މުވައްޒަފުންނަށް މުސާރަ ޖަމާކޮށް ނިންމާނެ ކަމަށެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

kulli khabaru

މިދިޔަ ސަރުކާރުން އިންޑިއާ މެދުވެރިކޮށް ނެގި 50 މިލިއަން ޑޮލަރުވެސް ދައްކައިފި

finance

އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 13.6 ބިލިއަން ރުފިޔާ

kulli khabaru

އިންޑިޔާއިން ނެގި 400 މިލިޔަން ޑޮލަރުގެ ލޯނު ދައްކާ ޚަލާސްކޮށްފި

finance

500 މިލިޔަން ޑޮލަރުގެ ސުކޫކު ދައްކައި ޚަލާސްކޮށްފި