ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބިދޭސީއަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ހަތަރު މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

988
STO_Ads
TTH_Ads
Advertisement

ހުޅުމާލޭގެ ކޮންސްޓްރަކްޝަން ސައިޓެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ފާއިތުވި މާރިޗު މަހުގެ 27 ވަނަ ދުވަހުއެވެ. ހުޅުމާލޭގައި ހަދަމުންދާ އިމާރާތެއްގެ ތެރޭގައި ބަންގްލަދޭޝް ފިރިހެނަކު ރަހީނުކޮށް، އޭނާއަށް އަނިޔާކޮށްފައިވަނީ އޭނާއާއެކު މަސައްކަތްކުރާ އެ ގައުމުގެ ބައެކެވެ. ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން މި މީހާ ފަހުން ފެނިފައިވަނީ ވިލިމާލެއިންނެވެ.

މި މައްސަލައިގައި ފުލުހުން ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފަސް މީހަކު ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 39 އަހަރުގެ އެމްޑީ ޝާހް އާލަމްއާއި، 34 އަހަރުގެ އެމްޑީ މެހެދީ ހަސަންއާއި، 30 އަހަރުގެ އެމްޑީ ހުސައިންއާއި، 38 އަހަރުގެ ސާފިފް ހަސަންގެ އިތުރުން 20 އަހަރުގެ ރަސަލްއެވެ. މި މީހުންގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކުގެ ތެރޭގައި ހުއްދަނޫން ގޮތުގައި މީހަކު ހިފަހައްޓައިގެން ގެންގުޅުމާއި، ބިރުދެއްކުމާއި، ރަހީނުކުރުމުގެ އިތުރުން މާރާމާރީ ހިންގުން ހިމެނެއެވެ.

HajjCop_ads
Advertisement

އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުނު ބަންދުގެ މުއްދަތު ޖަހާ މަޖިލީހުގައި ތަހުގީގުކުރާ އޮފިސަރު ކޯޓަށް މައުލޫމާތު ދީފައިވާ ގޮތުގައި، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން އަނިޔާ ލިބުނު މީހާއަށް ބޮޑެތި ޖިސްމާނީ އަނިޔާތަކެއް ދީފައިވަނީ އެމްޑީ ހުސައިންއެވެ. އަދި މި އަމަލު ހިންގާފައިވަނީ ގްރޫޕަކުން ކަމަށާއި، މިކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވަނީ އޭނާކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޯޓު އަމުރުގައިވާ ގޮތުން، ހަވާލުކުރެވުނު ޕާސްޕޯޓުތަކެއް އަނބުރާ ދިނުމަށް ދެކޮޅު ހެދުމުން ހިނގި ހަމަނުޖެހުމެއްކަމަށް ބުނެ، ފުރަތަމަ ހުސައިން ވަނީ ތުހުމަތުތަކަށް އިއުތިރާފުވެފައެވެ. ނަމަވެސް، ނުރައްކާތެރި ހަތިޔާރެއް ބޭނުންނުކުރާ ކަމަށާއި، ހަމަލާދިނީ އަތުންކަމަށް އޭނާ ބުނެފައިވެއެވެ. އެހެންނަމަވެސް، މި މަހުގެ 10 ވަނަ ދުވަހު ބޭއްވުނު އަޑުއެހުމުގައި އޭނާ ވަނީ މި ދައުވާތަކަށް އިންކާރުކޮށްފައެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ އެމްޑީ ހުސައިންގެ ބަންދަށް 30 ދުވަސް އިތުރުކޮށްދީފައެވެ. އަދި ދެން ތިބި ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފާއިތުވި މަހު ބޭއްވުނު އަޑުއެހުމުގައި އެމްޑީ ޝާހް އާލަމް ކޯޓުގައި ބުނެފައިވަނީ، ހަމަނުޖެހުން ހިނގި ސަރަހައްދުގައި އޭނާ ދިރިއުޅުނު ކަމުގައިވިޔަސް، އެކަމުގައި ބައިވެރިވެ އެއްވެސް މީހަކަށް އަނިޔާކޮށްފައި ނުވާނެ ކަމަށެވެ. ހަމައެފަދައިން، އެމްޑީ މެހެދީ ހަސަންވެސް ވަނީ އޭނާ އެތާނގައި ހުރިނަމަވެސް އެއްވެސް އަނިޔާއެއް ކޮށްފައި ނުވާނެކަމަށް ބުނެފައެވެ. މީގެ އިތުރުން ސާފިފް ހަސަންއާއި ރަސަލްވެސް ވަނީ މާރާމާރީގައި ބައިވެރިނުވާކަމަށާއި އެއްވެސް މީހަކަށް އަނިޔާކޮށްފައި ނުވާނެކަމަށް ކޯޓުގައި ބުނެފައެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ އިތުރަށް ކުރިއަށް ގެންދަމުންނެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

8 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ އިންޑިއާގެ ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

Ew

ނަލަހިޔާ ރެޒިޑެންސްއިން 3.9 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި ފަސް މީހަކަށް ދައުވާކޮށްފި

criminal court

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީއިން ހުޅުވާލައިފި

criminal court

ޕެޑެއްގައި މަސްތުވާތަކެތި އެތެރެކުރި މައްސަލަ: ޓިކެޓް ގަތީ ކްރެޑިޓް ކާޑަށް ޕޮއިންޓް ހޯދަން ކަމަށް ބުނެފި