ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޫޓެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެ އެތެރެކުރި އިންޑިއާ މީހަކު ހައްޔަރުކޮށްފި

H6txovzbmjojwefnjhdb
STO_Ads
TTH_Ads
Maldivian_Ads
Advertisement

ބޫޓެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެ އެތެރެކުރި އިންޑިއާ މީހަކު ހައްޔަރުކޮށްފިއެވެ.

އުމުރުން 30 އަހަރުގެ ސޫރަޖް ކަރުވާރު ނަމަކަށް ކިޔާ މީހާ ހައްޔަރުކޮށްފައިވަނީ އޭނާގެ ލަގެޖުގައި އޮތް ޓެނިސް ބޫޓެއްގެ ތެރެއިން މަސްތުވާތަކެތި ފެނުމާ ގުޅިގެންނެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ އުމުރުން 30 އަހަރުގެ އިންޑިއާ ރައްޔިތެއް ކަމަށްވާ ސޫރަޖް ކަރުވާރު އަތުލައިގެންފައިވަނީ ރާއްޖެ އެތެރެވުމަށްފަހު އޭނާގެ ލަގެޖު ބަލައި ފާސްކުރި އިރުގައެވެ. އޭނާގެ ލަގެޖުގެ ތެރެއިން ނެގި ކޮތަޅެއްގައި އޮތް ދެ ޓެނިސް ބޫޓު ކިބައިގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަން ކަމާބެހޭ ފަރާތްތަކަށް ވަނީ ފާހަގަކުރެވިފައެވެ.

HajjCop_ads
Advertisement

މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އަމުރު ނެރެފައެވެ. ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވުނު ދެ ޕެކެޓުގައި ހުރި އެއްޗެހި ވަނީ ޓީއެޗްސީއަށް ޕޮޒިޓިވްވެފައެވެ. މިއީ މަސްތުވާތަކެތީގެ ބޮޑު މައްސަލައެއް ކަމަށް ތުހުމަތުކުރެވޭއިރު، އަތުލައިގަނެވުނު މަސްތުވާތަކެތީގެ ސީދާ ބަރުދަނެއް ކޯޓު އަމުރުގައި ހިމަނާފައެއް ނުވެއެވެ. އޭނާ ދައުލަތުގެ ވަކީލަކަށް އެދިފައިވުމާއެކު، ބަންދުގެ މުއްދަތަށް ކޯޓުން ކަނޑައަޅާފައިވަނީ ފަސް ދުވަހެވެ.

ފަހަކަށް އައިސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންގެ ތެރޭގައި އިންޑިއާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި މައްސަލަ ބޮޑުވެ، އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން ވަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިކަމާ ގުޅިގެން މިދިޔަ މަހު އެ އިދާރާއިން ވަނީ ހާއްސަ އެޑްވައިޒަރީއެއް ވެސް އާންމުކޮށްފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

criminal court

މަސްތުވާތަކެތީގެ ވިޔަފާރި ހިންގަން ގެ ދިންކަން ސާބިތުވެ ގޭގެވެރިމީހާ 10 އަހަރަށް ޖަލަށް

criminal court

ކެނަބިސް ޓްރެފިކް ކުރި މީހަކު 14 އަހަރަށް ޖަލަށް ލުމާއެކު 50,000 ރުފިޔާއިން ޖޫރިމަނާކޮށްފި

5 Suspects 8e3444a00b

މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި ކާށިދޫން 5 މީހުން ހައްޔަރުކޮށްފި

ނަޝީދަށް ދިން ބޮމުގެ ހަމަލާ: ދެ މީހެއްގެ މައްސަލަ މާދަމާއަށް ތާވަލުކޮށްފި