ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު ގެންނަންޖެހޭ: ކުޅުދުއްފުށީގެ ޑެޕިޔުޓީ މޭޔަރު

Io
TTH_Ads
STO_Ads
Advertisement

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމު އެހެން ފަރާތަކަށް ނުދީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އެ ފުރުސަތު ދެއްވުމަށް ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރު އަޙުމަދު އަބްދުﷲ ގޮވާލައްވައިފިއެވެ.

މީސްމީޑިއާ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި އަޙުމަދު އަބްދުﷲ ވިދާޅުވީ، ރައީސް ނަޝީދު އެމްޑީޕީގެ ޗެއާޕާސަންގެ ގޮތުގައި ޚިދުމަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ދަނޑިވަޅެއްގައި، އެހެން ފަރާތަކަށް އެ ފުރުސަތު ދޭންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެގޮތުން، މިވަގުތު ޕާޓީއަށް އެންމެ ބޮޑަށް ބޭނުންވަނީ އެމްޑީޕީގެ އަސާސީ ސިޔާސަތުތައް ނަގަހައްޓާނެ ވަރުގަދަ ސިޔާސީ ލީޑަރެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ޕާޓީއަށާއި ޤައުމަށް ބޮޑު ބަދަލެއް އަންނަންޖެހޭކަން އެންމެން ގަބޫލުކުރާ ކަމަށާއި، އެފަދަ ބޮޑު ބަދަލެއް ގެނައުމަށް ބޭނުންވަނީ ތަޖުރިބާހުރި، ހިތްވަރުގަދަ ލީޑަރެއްކަމަށް ޑެޕިއުޓީ މޭޔަރު ވިދާޅުވިއެވެ.

ކުޅުދުއްފުއްޓާއި، ބޮޑުތިލަދުންމަތި އަދި މުޅި އުތުރުގެ ރައްޔިތުންނަށްވެސް އެންމެ ފައިދާހުރި ގޮތަކީ ޗެއާޕާސަން އިންތިޚާބުގައި ރައީސް ނަޝީދަށް ތާއީދުކުރުންކަމަށް އަޙުމަދު އަބްދުﷲ ވިދާޅުވިއެވެ. އަދި މާތް ﷲ ގެ އިރާދަފުޅާއެކު، ކުރެވޭ މަސައްކަތުން ކުޅުދުއްފުށި ސިޓީން ބޮޑު އަޣުލަބިއްޔަތެއް ރައީސް ނަޝީދު ހޯއްދަވާނެ ކަމުގެ ޔަގީންކަންވެސް އޭނާ ދެއްވިއެވެ. މިއީ އުތުރުގެ ސިޔާސީ މަސްރަޙުގައި ރައީސް ނަޝީދަށް އޮތް ތާއީދު ހާމަކޮށްދޭ ކަމެކެވެ.

HajjCop_ads
Advertisement

MWSC_ads
MPL_Ads
Ads_MTCC
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Io

ޑޮލަރުގެ އަގު ތިރިވަންދެން އުމްރާނީ މަޝްރޫއުތައް ހުއްޓައިލުމަށް ނަޝީދު ގޮވާލައްވައިފި

88887

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަންވަރު ސިވިލް ކޯޓަށް ހާޒިރުކުރުމުގެ އަމުރު ބާތިލުކޮށްފި

Io

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފައިސަލް ފާޅުކުރައްވައިފި

Igmh

އެމްޑީޕީގެ މަގުޗާޓު ނިންމަން ފައްޔާޒަށް މުގައްރިރުކަންދީ ކޮމިޓީއެއް އެކުލަވާލައިފި