ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު 60 ޕަސެންޓުން ކާމިޔާބުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ރައީސް މުއިއްޒުފަދަ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ވެރިން ކަމަށެވެ.
“މިއީ ބޭނުންވާ ވެރިންނަކީ. މިއީ ބޭނުންވާ ރައީސުންނަކީ. ރައްޔިތުންގެ ގާތުން ޕާޓީވިޔަސް ސަރުކާރުވިޔަސް ރައްޔިތުންގެ ގާތުން އައްސަވާ ރައްޔިތުންނާއެއްކޮށް މަސައްކަތް ކުރާތަން މިފެންނަނީ. 2028 ވަނަ އަހަރު، ﷲ އިރާދަފުޅު ކުރެއްވިއްޔާ ރައީސް މުޢިއްޒު ވަރަށް ފަސޭހަކަމާއެކު އިންތިޚާބު ގެންދަވާނެ، ޝާޑް ވިދާޅުވިއެވެ.
ރައީސް މުއިއްޒަށް އޮތީ އެންމެ 30 ޕަސެންޓް ތާއީދު ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާއިރު، ބާކީ އޮތް 70 އިންސައްތަ ލިބެނީ ކޮން ބޭފުޅަކަށްތޯ ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެހެން އެއްވެސް ލީޑަރަކަށް އެފަދަ ތާއީދެއް ނެތް ކަމަށް ޝާޑް ވިދާޅުވިއެވެ.
“އަޅުގަނޑު ބުނާނީ ދެ އަހަރާއި ބައިވިއިރުވެސް މައްސަލައެއް ނެތޭ 30 އިންސައްތަ އޮތަސް. އަނެއް ދެ އަހަރާއި ބައި ކުރިއަށް އޮތް ތަނުގައި އެއާ އެއްކޮށްލީމައި އެވަނީ 60 އިންސައްތަ. އެއީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ ރައީސް މުޢިއްޒު އާއެކު 60 އިންސައްތައިން،” ޝާޑް ވިދާޅުވިއެވެ.










ކިޔުންތެރިންގެ ހިޔާލު