ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑީޕީ ކޮންގްރެސްގެ އިންވެސްޓްމަންޓް ފޯރަމަކީ ހަގީގަތެއް ނެތް ސިޔާސީ އެގްޒިބިޝަނެއް: މެމްބަރު ޝާޑު

Qw
TTH_Ads
Maldivian_Ads
STO_Ads
Advertisement

އިދިކޮޅު އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން ކުރިއަށްގެންދިޔަ އިންވެސްޓްމަންޓް ފޯރަމަކީ ހަގީގަތެއް ނެތް ސިޔާސީ އެގްޒިބިޝަނެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާޑް ވަނީ މި ހަރާތަކީ އަނެއްކާވެސް ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ރިޔާސީ ކެމްޕޭނަށް ދައްކުވައިދިން ފަދަ ހުވަފެނީ މެނިފެސްޓޯ ޑްރާމާއެއްގެ ގޮތުގައި މެމްބަރު ޝާޑު ވަނީ ސިފަކުރައްވާފައެވެ. އެމްޑީޕީން އަބަދުވެސް ރައްޔިތުންނަށް ދައްކަނީ ކުލަކުލައިގެ ޕްރޮޕޯސަލްތައް ކަމަށާއި ނަމަވެސް އެއިން ރައްޔިތުންނަށް ލިބެނީ ސިފަނުވާ ބިލާހެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، އެމްޑީޕީގެ އިންވެސްޓްމަންޓް ފޯރަމްގައި ކައުންސިލަރުން ލައްވައި ޕްރެޒެންޓޭޝަން ދެއްކެވީ ހަމައެކަނި އަމިއްލަ ޕާޓީގެ އެކްޓިވިސްޓުންނަށް ކަމަށް ޝާޑު ފާހަގަކުރެއްވިއެވެ. އެ ފޯރަމްގައި ބައިވެރިވި ހަގީގީ އިންވެސްޓަރުންނަކީ ކޮބައިތޯ ސުވާލު އުފައްދަވަމުން، މިއީ އެއްވެސް ހާލެއްގައި އިންވެސްޓްމަންޓް ފޯރަމެއް ނޫން ކަމަށާއި މިއީ ހަމައެކަނި ސިޔާސީ ގޮތުން ބޭއްވި އެގްޒިބިޝަނެއް ކަމަށް އޭނާ ވިދާޅުވިއެވެ.

HajjCop_ads
Advertisement

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގައުމުގެ ތަރައްގީއަށްޓަކައި ގެނެސްފައިވާ ބިޔަ އިންވެސްޓްމަންޓްތައް އެމްޑީޕީއަށް ހަޖަމް ނުކުރެވިގެން އުޅޭ ކަމަށްވެސް މެމްބަރު ޝާޑު ތުހުމަތު ކުރެއްވިއެވެ. ކޮންގްރެސްގައި ހުވަފެނީ ޕްރޮޕޯސަލްތައް ހުށަހަޅަމުން ދަނީ ސަރުކާރުގެ ބޮޑެތި މަޝްރޫއުތަކާއި އިންވެސްޓްމަންޓްތަކުގެ ކުލަ ކަނޑުވާލުމަށް ކުޅޭ ކުޅިގަނޑެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އިދިކޮޅު ޕާޓީން ކުޅޭ މިފަދަ ސިޔާސީ ޑްރާމާތަކުގެ ހަގީގަތް މިއަދު ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ ކަމަށް ޝާޑް ވިދާޅުވިއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Io

60 ޕަސެންޓުން ރައީސް ޑރ. މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާނެ: ޝާޑް

Mal

ހުޅުދޫ އާއި މީދޫ ދެންވާނީ ދުބާއީ އާއި އަބޫދާބީއަށް: މެންބަރު ޝާހިދު