ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލަންކާއަށް ދިއުމުގެ ކުރިން އީޓީއޭ ހުށަހަޅަންޖެހޭ ގޮތަށް ހަދައިފި

STO_Ads
TTH_Ads
Advertisement

ސްރީ ލަންކާއަށް ދިއުމުގެ ކުރިން އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (އީޓީއޭ) ހުށަހަޅަންޖެހޭ ގޮތަށް އަލުން ހަމަޖައްސައިފި އެވެ.

ލަންކާއަށް ދަތުރުކުރާ މީހުން އީޓީއޭ ހުށަހަޅަންޖެހޭ ގޮތަށް އޮތް އޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އުވާލާފައި އޮތުމަށް ފަހު މި މަހުގެ 25 އިން ފެށިގެން އަނެއްކާވެސް އީޓީއޭ ހުށަހަޅަންޖޭ ގޮތަށް ހަމަޖައްސާފައިވާކަން ހާމަކޮށްފައިވަނީ ރާއްޖޭގައި ހުންނަ ސްރީ ލަންކާ ހައި ކޮމިޝަނުން ނެރުނު ނޯޓިސްއެއްގަ އެވެ.

ނޯޓިސްގައި ބުނީ ޓޫރިޒަމްގެ ބޭނުމަށް ލަންކާއަށްދާ ކޮންމެ ގައުމެއްގެ މީހެެއް ނަމަވެސް މި މަހުގެ 25 އިން ފެށިގެން އީޓީއޭ ހުށަހަޅަން ޖެހޭނެ ކަމަށެވެ. މި ހުއްދައަށް އެދި ހުށަހަޅަންޖެހޭނީ eta.gov.lk ވެބްސައިޓުން ނެވެ. އަދި ދިވެހިންނަށް ކުރިން ވެސް އޮންނަ ގޮތަށް އިތުރު ފީއަކާނުލައި 90 ދުވަހުގެ ޓޫރިސްޓު ވިސާ ލިބޭނެ ކަމަށް ބުނެފައިވެއެވެ.

MMA_Ads
HajjCop_ads
Advertisement

ޓޫރިޒަމް ކުރިއެރުވުމަށްޓަކައި ހިލޭ އީޓީއޭ ލިބޭ ގައުމުތަކުގެ އަދަދު 40 އަށް އިތުރުކުރަން ލަންކާ ސަރުކާރުން ނިންމީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. ނަމަވެސް އެކަން ތަންފީޒު ނުކުރެވި އޮތުމަށްފަހު، ލަންކާގެ ގާނޫނު ހަދާ މަޖިލީހުން ލިސްޓު އަލުން ފާސްކުރީ މި މަހުގެ ހަތްވަނަ ދުވަހު އެވެ.

MWSC_ads
Advertisement
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ލަންކާގެ ރައީސް އަނުރަ ފުރަމާނަ ދަތުރުފުޅެއްގައި ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ