ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލަންކާގެ ރައީސް އަނުރަ ފުރަމާނަ ދަތުރުފުޅެއްގައި ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ

TTH_Ads
STO_Ads

އަވައްޓެރި ސްރީލަންކާގެ ރައީސް އަނުރަ ކުމަރަ ޑިސަނަޔަކަ ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މިއަދު ރައީސް އޮފީހުން ބުނި ގޮތުގައި ޑިސަނަޔަކަ ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރަސްމީ ދައުވަތުފުޅަކަށް ކުރައްވާ ދަތުރުފުޅެކެވެ. އެމަނިކުފާނު ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހިނގަމުންދާ ޖުލައި މަހުގެ 28 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހަށެވެ.

ޑިސަނަޔަކަގެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާ ބައްދަލުކުރައްވާނެއެވެ. އަދި އެ ބައްދަލުކުރެެއްވުމުގައި ދެ ގައުމުގެ މެދުގައި އޮތް ގުޅުން ބަދަހިކޮށް އެއްބާރުލުން އިތުރުކުރުމާމެދު މަޝްވަރާކުރައްވާނެ ކަމުގައި ރަައީސް އޮފީހުން ބުނެފައިވެއެވެ.

HajjCop_ads

މިއީ 2024 ވަނަ އަހަރު ލަންކާގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޑިސަނަޔަކަ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ލަަންކާއަކީ ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަހުން ފެށިގެން ރާއްޖެއަށް ގުޅުން ގާއިމުކޮށްފައިވާ ގައުމެކެވެ. މިނިވަން ގައުމެއްގެ ގޮތުގައި އެންމެ ފުރަތަމަ ރާއްޖެ ބަލައިގަންނަން ނިންމި ގައުމަކީ ލަންކާއެވެ.

ތާރީހީ ގޮތުން ލަންކާއަކީ ރާއްޖެއާ އެންމެ ދުވަސްވީ ގުޅުމެއް އޮންނަ ގައުމެވެ. އެންމެ އެވޭލާ ޒަމާނުގައިވެސް ރާއްޖެއާއި ލަންކާގެ މެދުގައި ސަގާފީ އަދި ވިޔަފާރީގެ ގުޅުންތައް އޮވެއެވެ. ދިވެހިންނާއި ލަންކާ މީހުންނާމެދު މުއާމަލާތްނުކުރެވޭ ޒަމާނެއް ދިވެހި ތާރީހުގައި ރެކޯޑުކުރެވިފައި ނުވެއެވެ.

1965 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު ރާއްޖެއަށް މިނިވަންކަން ލިބުމާއެކު ލަންކާއިން ރާއްޖެ ބަލައިގަނެ ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިއެވެ. އެހެންކަމުން މި އަހަރު ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭއިރު ލަންކާއާއި ރާއްޖޭގެ މެދުގައި ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރެވުނުތާ 60 އަހަރު ފުރޭނެއެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު