ސްރީލަންކާގެ ރައީސް އަނުރާ ކުމަރަ ޑިސަނަޔަކޭގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންނަ މަހުގެ  3ގައިި އެޤައުމަށް ވަޑައިގަންނަވާނެކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. މި ދަތުރުފުޅުކުރައްވާނީ އަންނަ މަހުގެ 3 އިން 5އަށްކަމަށްވެސް ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި މުހިންމު މަޝްވަރާތަކެއް ކުރެވި މުހިންމު ދާއިރާތަކުން ގިނަ އެއްބަސްވުންތަކެއް އެކުލަވާލާނެކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

އެއްބަސްވުންތައް އެކުލަވާލާނެކަމަށް ބުނާ ދާއިރާތައް:

އިޝްތިހާރު އިޝްތިހާރު
  • ދިފައީ ޑާއިރާއިން ގުޅުން ބަދަހިކުރުމާއި، މުވައްޒަފުން ތަމްރީންކުރުން
  • ދަޢުލީމީ ދާއިރާއިން މުދައްރިސުންނާއި ސްކޫލް ލީޑަރުން ތަމްރީންކުރުން
  • ސިއްޙީ ދާއިރާއިން މީހުން ބިނާކުރުމާއި އެއްބާރުލުން ދިނުމުގެ އެއްބަސްވުން
  • ފަތުރުވެރިކަމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމާއި ޕްރޮމޯޓްކުރުން

މީގެ އިތުރުންވެސް އެހެނިހެން ދާއިރާތައް ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ.

ސްރީލަންކާގެ ރައީސް ވަނީ މީގެ ކުރިން ރާއްޖެ ވަޑައިގެންފައެވެ. މިދިޔަ އަހަރު ރާއްޖޭގެ މިނިވަންދުވަހުގެ ޚާއްޞަ މެހެމާނެއްގެ ގޮތުގައި ލަންކާގެ ރައީސް ވަޑައިގަތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމްކޮށްފައިވަނީ 26 ޖުލައި 1965 ގައެވެ.