ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިރާގު ފިހާރައަށް ބޮމުގެ އިންޒާރު ދިން ނަދީފު ޖަލަށް

TTH_Ads
STO_Ads
Advertisement

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ދިރާގު ފިހާރައަށް ވަދެ ބޮން ގޮއްވާލާނެ ކަމުގެ އިންޒާރު ދިން ނަދީފް މުޙައްމަދު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ގއ. ގެމަނަފުށި/ ރަންކޮކާގޭ ނަދީފް މުޙައްމަދު، 2022 ވަނަ އަހަރުގެ ޖުލައި މަހު ދިރާގު ފިހާރައަށް ވަދެ، އޭނާއަކީ އައިސިސްއާ ގުޅިފައިވާ މީހެއް ކަމަށް ބުނެ، ބޮން ގޮއްވާލާނެ ކަމުގެ އިންޒާރު ދިނެވެ. ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން، މިދިޔަ ހަފްތާ ކްރިމިނަލް ކޯޓުން ވަނީ ހުކުމް އިއްވާފައެވެ.

ދައުލަތުން ނަދީފުގެ މައްޗަށް ދައުވާ ކުރީ، ޖާއިޒު މަގްސަދެއް ނެތި، ތަނުގައި ތިބި ބަޔަކަށް ބިރާއި ގޯނާ ލިބޭ ފަދަ ހާލަތެއްގެ ކުށުގެ ދައުވާ ކަމަށްވާ “އާންމު ތަނެއްގައި ބިރުގަންނަ ހާލަތެއް އުފެއްދުމުގެ ކުށ”ގެ ދަށުންނެވެ. ކޯޓުުން ވަނީ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ނަދީފުގެ މައްޗަށް އިއްވާފައެވެ.

HajjCop_ads
MMA_Ads
Advertisement

ފާހަގަކޮށްލަން ޖެހޭ ކަމަކީ، ނަދީފަކީ ހަމައެކަނި މި ކުށާ ގުޅިފައިވާ ފަރާތެއް ނޫން ކަމެވެ. ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ހިންގި ސްކޭމްތަކުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ވެސް ފަހުން އޭނާ ހައްޔަރު ކޮށްފައިވެއެވެ. ހައްޔަރުކުުރި ވަގުުތު، ކޭޝް ކާޑުތަކާއި ސިމް ކާޑުތަކާއި މޯބައިލް ފޯނުތަކާއި ދިވެހި ރުފިޔާ އަދި ޑޮލަރު ވެސް ފުުލުުހުުންނަށް ފެނިފައިވެއެވެ. އޭގެ އިތުުރުުން، ތުުހުުމަތުުތަކުން ދައްކަނީ، ބޭންކް އެކައުުންޓެއް ހެކްކޮށް ގިނަ ފައިސާ ނަގި ކަމަށެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

1.5 ކިލޯގެ ޑްރަގް އެތެރެކުރި ރޫނާ އާއި އަލްޔާގެ ބަންދު އިތުރުކޮށްފި

high court

ގެގް އޯޑަރުގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

ފިޔާޒާއި ހަސަނުގެ ޝަރީއަތް މާދަމާ ފަށަން ތާވަލުކޮށްފި

އޮރިޔާން ކާޑު ހަދައި، ބްލެކްމެއިލް ކުރި އަންހެނަކަށް ތިން އަހަރުގެ ޖަލު ހުކުމެ