ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލީ އަދި ހިންގުމުގެ ނިޒާމުތަކަށް އިސްލާހުތަކެއް ގެނެވިއްޖެ: ޒަމީރު

minister zameer
TTH_Ads
STO_Ads
Advertisement

ދައުލަތުގެ މާލީ އަދި ހިންގުމުގެ ނިޒާމުތަކަށް ފާއިތުވި މުއްދަތުގައި އެކަށީގެންވާ ހަރުދަނާ އިސްލާހުތަކެއް ގެނެވި ތަންފީޒުކުރެވި އެކަމުން ނަތީޖާވެސް ހާސިލުކުރެވިފައިވާކަމަށް މާލީ ކަންކަމާއި ދައުލަތުގެ ވިޔަފާރިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ހަނގުރާމައާ ގުޅިގެން ސިޔާސަތު އެކަށައަޅައި ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެކުލަވައިލެއްވި ވަޒީރުންގެ ކޮމިޓީން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުގެ މާލީ އިސްލާހީ އެޖެންޑާއާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ދައުލަތަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ދަރަނި އަދާނުކުރެވުމުގެ ކަންބޮޑުވުން ކަމަށެެވެ.

އެކަން ހައްލުކުރެއްވުމަށް އަދި ދެމެހެއްޓެނެވި މިންގަނޑެއްގައި ދަރަނި ހިފަހެއްޓެވުމަށްޓަކައި ރައީސް ވެރިކަމާ ހަވާލުވެވަޑައިގެން މާލީ އަދި ހިންގުމުގެ ނިޒާމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ގެންނެވިކަމަށާއި، އެކަމުގެ ނަތީޖާއަކީ ދައުލަތުގެ ދަރަނީގެ ތެރެއިން ބޮޑު މިންވަރެއް ދައްކައި ހަލާސްކުރެވުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

HajjCop_ads
Advertisement

“އެނގިވަޑައިގަންނަވާނެ މިދިޔަ ދުވަސްތަކުގައި 2023 އާ ހިސާބަށް އައިއިރު އަޑުއިވޭނެ ރަނގަބީލު އަޅަނިއްޔޭ، އެ ފައިސާއެއް މި ފައިސާއެއް ނުދެއްކޭނޭ. އެކަމަކު މިދެންނެވިހެން ހަރަދުތައް ރޭޝަނަލައިޒްކޮށް އިގުތިސާދީ އެޖެންޑާއެއް ގެންގުޅެއް ހަރުދަނާ ބަދަލުތަކެއް ގެނެވުނީމާ އޭގެ ނަތީޖާއަކީ ހަގީގަތުގައި ދަރަނިތައް ދައްކައި، ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދުވަހުން ދުވަހަށް ދީ މިކަންކަން ކުރެވުން،” ވަޒީރު ވިދާޅުވިއެވެ.

ޒަމީރު ފާހަގަކުރެއްވި ގޮތުގައި ހަނގުރާމައާ ގުޅިގެން ނޫސްވެރިން އުފައްދަމުން އައި އެންމެ ބޮޑު ސުވާލަކީ އަދި ސަރުކާރަށް އެންމެ ގިނައިން އަމާޒުވި ސުވާލަކީ ދެމެހެއްޓެނެވި ގޮތެއްގައި މެދުނުކެނޑި ތެޔޮ ލިބޭނެތޯ ކުރެވޭ ސުވާލެވެ. ތަކުރާރުކޮށް ވަޒީރުންނާއި ރައީސްވެސް ދެއްވަމުންއައި ޔަގީންކަމަކީ މެދުކެނޑުމެއް ނެތި ރާއްޖެއަށް ބޭނުންވާ ތެޔޮ ލިބޭނެކަމުގެ ޔަގީންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މިއަދާ ހަމައަށްވެސް ތެޔޮ ލިބުމުގައި ދައްޗެއް ކުރިމަތިވެފައި ނެތް ކަމަށެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ތެލުގެ އަގަކީ ރާއްޖޭގެ ބާރު އެކަމުގެ މައްޗަށް ހިނގާ ކަމަކަށްނުވާތީ، ތެލުގެ އަގަށް އަންނަ ބަދަލު ތަހައްމަލުކުރަންޖެހުނު ނަމަވެސް، ސަބްސިޑީތައް ދީގެން ސަރުކާރުން މަސައްކަތްކުރަމުންދަނީ އެ އަގުގެ ސަބަބުން ރައްޔިތުން އުފުލަންޖެހޭ ބުރަ ވީހާވެސް ކުޑަކުރުމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ސަރުކާރުން މަސައްކަތްކުރާނީ އެގޮތަށްކަން ވަޒީރު ޔަގީންކޮށްދެއްވިއެވެ.

އިތުރަށް ވަޒީރު ވިދާޅުވެފައިވަނީ މި ސަރުކާރުން ކުރިއަށް އޮތް ދުވަސްތަކުގައި ދަރަންޏެއް ނަގަންޖެހިއްޖެނަމަ އެ ދަރަންޏެއް ނަގާނީ އެ ދަރަނި އަދާކުރެވޭނެ ގޮތުގެ އިންތިޒާމުތަކެއް ތަރުތީބުކުރެވި ޕްލޭންތަކެއް އެކުލަވައިލެވގެން ކަމަށެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Zamer

ތެލުގެ ރިޒާވް ޤާއިމްކުރުމަށް މާލެ ސަރަހައްދުގެ ދެ ފަޅެއް ބަލަނީ

DSC

ކުންފުނިތަކުގެ މުވައްޒަފުން ކުއްލިއަކަށް ކަނޑައެއް ނުލާނެ، މަދުކުރާނީ ގާނޫނީ އިމުގެ ތެރެއިން: ޒަމީރު

DSC

މިހާތަނަށް %93 މުވައްޒަފުންގެ ޕޭ ހާމަނައިޒޭޝަން މަސައްކަތް ނިމިއްޖެ: ޒަމީރު

zameer

“ސުކޫކުގެ ލިޔުންތައް ރޭޓިން އޭޖެންސީތަކާ ހިއްސާކޮށްފި، މެދުރާސްތާގައި ފައިދާ ފެންނާނެ”