ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިހާތަނަށް %93 މުވައްޒަފުންގެ ޕޭ ހާމަނައިޒޭޝަން މަސައްކަތް ނިމިއްޖެ: ޒަމީރު

DSC
STO_Ads
TTH_Ads
Advertisement

ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް އެއްހަމަކުރުމަށް ކުރިއަށްގެންދާ ޕޭ ހާމަނައިޒޭޝަން މަސައްކަތުގެ %93 ނިމިފައިވާ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ،  ބާކީ ހުރި 7 އިންސައްތަ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް އިރުޝާދުދީފައިވާކަމަށެވެ. އެގޮތުން ރައީސް އޮފީހުން އަންގާފައިވަނީ، މިހާރު ކުރިއަށްދާ މަސައްކަތްތައް އިތުރަށް ހަލުވިކޮށް ބާކީ ތިބި މުވައްޒަފުންނަށްވެސް މި ބަދަލުގެ ފައިދާ ލިބޭނެ ގޮތް ހެދުމަށް ވަޒީރު ވިދާޅުވިއެވެ.

ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކޮށް ޢަމަލުކުރަން ފެށި ޕޭ ފްރޭމްވޯކުގެ ދަށުން 20،000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެއެވެ. ނޭޝަނަލް ޕޭ ފްރޭމްވޯކަކީ، ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން ދައުލަތުގެ ހުރިހާ އިދާރާއެއްގެ މުސާރައާއި އިނާޔަތް އެއްހަމަ ކުރުމުގެ ގޮތުން ނޭޝަނަލް ޕޭ ކޮމިޝަނުން އެކުލަވާލާފައިވާ އޮނިގަނޑެކެވެ.

HajjCop_ads
Advertisement

ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަ ކުރުމާ ގުޅިގެން އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަވާ ހާލަތެއް މެދުވެރިވެއްޖެނަމަ، ކުޑަވާބައި ހަމަޖެއްސުމަށް ޕޭ ކޮމިޝަނުން ތަޢާރަފުކޮށްފައިވާ “މައިގްރޭޝަން އެލަވަންސް ދޭނެ ގޮތުގެ މިންގަނޑު” އާ އެއްގޮތަށް މައިގްރޭޝަން އެލަވަންސް ހަމަޖެހިގެންދާނެ ކަމަށްވެސް މާލީ ވުޒާރާއިން ބުންޏެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Zamer

ތެލުގެ ރިޒާވް ޤާއިމްކުރުމަށް މާލެ ސަރަހައްދުގެ ދެ ފަޅެއް ބަލަނީ

DSC

ކުންފުނިތަކުގެ މުވައްޒަފުން ކުއްލިއަކަށް ކަނޑައެއް ނުލާނެ، މަދުކުރާނީ ގާނޫނީ އިމުގެ ތެރެއިން: ޒަމީރު

zameer

“ސުކޫކުގެ ލިޔުންތައް ރޭޓިން އޭޖެންސީތަކާ ހިއްސާކޮށްފި، މެދުރާސްތާގައި ފައިދާ ފެންނާނެ”

Moosa Zameer

އެއްވެސް ދަތިކަމެއް ނެތި ތެލާއި ގޭސް ލިބޭނެ: ޒަމީރު