ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތެލުގެ ރިޒާވް ޤާއިމްކުރުމަށް މާލެ ސަރަހައްދުގެ ދެ ފަޅެއް ބަލަނީ

Zamer
STO_Ads
TTH_Ads

ރާއްޖެއަށް ބޭޏުންވާ ތެލުގެރިޒާވް ޤާއިމްކުރުމަށް މާލެ ސަރަހައްދުން ދެ ފަޅެއް ބަލަމުންދާކަމށާއި، ވަރަށް އަވަހަށް ދިރާސާކުރަން ފެށޭނެކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން އުފައްދަވާފައިވާ ވަޒީރުންގެ ޚާއްޞަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ ރާއްޖޭގައި ތެލުގެ ރިޒާވް ޤާއިމް ކުރުމަށް މާލީ ވުޒާރާއާއި އިޤްތިޞާދީ ވުޒާރާ އަދި އެސްޓީއޯއާ ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ހަމަނުޖެހުންތައް ޚާއްސަކޮށް މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ތެލުގެ އަގަށް ދަނީ، ބަދަލުތަކެއް އަންނަމުންނެވެ. އަދި ތެޔޮ ލިބުމަށް ދަތިވެ ތެލުގެ އަގު ދަނީ އުފުލެމުންނެވެ. އެހެންކަމުން މިގޮތަށް އަންނަ ކުއްލި ބަދަލުތަކަށް ތައްޔާރުވެ ތިބުމަށް ރާއްޖޭގައި ތެލުގެ ރިޒާވްއެއް ޤާއިމްކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

ޒަމީރު ވިދާޅުވީ، 3 ފިޔަވައްސަކަށް ބަހާލައިގެން މި ރިޒާވް ޤާއިމްކުރުމަށް ނިންމާފައިވާއިރު މިތަންތަން ޤާއިމްކުރާނެ ސަރަހައްދުތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ޒަމީރު ވިދާޅުވީ، އެ މަސައްކަތުގެ ތެރެއިން މާލެ ސަރަޙައްދުގައި މި ރިޒާވް ޤާއިމްކުރުމަށް 2 ފަޅެއް ބަލަމުންދާކަމަށާއި، އެ ފަޅުތައް ބެލުމަށްފަހު އަންނަ ހަފުތާގެ ތެރޭގައި ސަރވޭތައް ކުރަން ފަށާނެ ކަމަށެވެ. އަދި ޑިޒައިންގެ މަސައްކަތްތަކާއި ފައިސާ ހޯދާނެ ގޮތްތަކުގެ އިތުރުން ފީސިބިލިޓީ ހިމެނޭހެން ފައިނަލް ޕްލޭންއެއް ތައްޔާރުކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާނެ ކަމަށެވެ. އަދި ރައީސް ނިންމަވާ ގޮތަކަށް އެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

Maldivian_Ads

މިހާރު ނިންމާފައިވަނީ ތިން ފޭސްއަކަށް ބަހާލައިގެން ގެންދަން. ފުރަތަމަ ފޭސްގައި މާލެ ކައިރި ސަރަހައްދުން، މިވަގުތު އެސްޓީއޯ އިން ދެ ފަޅެއްގެ، ދެ ރަށެއްގެ ކައިރީގައި އޮތް ފަޅުގެ ސަރަހައްދު ބަލަމުން އެބަދޭ. އެތަނުން ކުރަން ޖެހޭނެ ސާވޭ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފެށޭ ހަފުތާ ހިސާބުގައި، ސާވޭ ކުރުމުގެ ކަންތައް ކުރިއަށް ދާނެ.

މޫސާ ޒަމީރު ވިދާޅުވިއެވެ.

ޒަމީރުގެ ވާހަކަފުޅުގައި އިންޑިއާ ކަނޑަކީ، ތެލުގެ ސްޓޮކް ބަހައްޓައިގެން މަސައްކަތް ކުރާ ކުންފުނިތައް ހުންނަ ސަރަހައްދެއްކަން ފާހަގަކުރައްވާ ވިދާޅުވީ، ރާއްޖޭގެ ރިޒާވް ޤާއިމްކުރުމަށްފަހު އެއްބައި ރާއްޖޭގެ ބޭނުންތަކަށް ރައްކާ ކުރެވޭނެ ކަމަށެވެ. އަދި ބާކީ ހުންނަ ބައި ކުއްޔަށް ދޫކުރެވިދާނެ ކަމަށެވެ.

ރާއްޖޭގައި ދިގު މުއްދަތަކަށް ތެޔޮ ރައްކާ ކުރެވޭ ގޮތަށް ތެލުގެ ރިޒާވްއެއް ޤާއިމްކުރަނީ، 1 އަހަރު ދުވަހަށް ބޭނުންވާނެ ވަރަށެވެ. މިއީ، 5 އަހަރު ދުވަހުގެ ޕްލޭންގެ ދަށުން ކުރިއަށް ގެންދާނެ މަޝްރޫޢަކަށް ވާއިރު، ފޭސް 1ގެ މަސައްކަތް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލުމަށްވަނީ އަމާޒު ހިފާފައެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

STO

ފުރަތަމަ ކުއާޓާގައި އެސްޓީއޯގެ އާމްދަނީ %33 މައްޗަށް

DSC

ކުންފުނިތަކުގެ މުވައްޒަފުން ކުއްލިއަކަށް ކަނޑައެއް ނުލާނެ، މަދުކުރާނީ ގާނޫނީ އިމުގެ ތެރެއިން: ޒަމީރު

WhatsApp Image 2026 04 19 at 14.38.17

އެސްޓީއޯ އިން “ވަން ޑޭ މޯ” ގެ ޕްރޮޑަކްޓް ރޭންޖް ބާޒާރަށް ނެރެފި

DSC

މިހާތަނަށް %93 މުވައްޒަފުންގެ ޕޭ ހާމަނައިޒޭޝަން މަސައްކަތް ނިމިއްޖެ: ޒަމީރު