ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަށް ވަނަ ފަހަރު ވޯޓު ނަގައިގެން މަހިބަދޫ ކައުންސިލްގެ ނައިބު ރައީސް ހޮވައިފި

Io
STO_Ads
TTH_Ads
Advertisement

އަށް ބުރުގެ ވޯޓުލުމަށްފަހު، އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ޒައީމާ މުހައްމަދު އދ. މަހިބަދޫ ކައުންސިލުގެ ނައިބު ރައީސްކަމަށް އިންތިޚާބުކޮށްފިއެވެ.

ހޯމަ ދުވަހުގެ ރޭ 9:00 ގައި ބޭއްވި ކައުންސިލް ބައްދަލުވުމުގައި ޒައީމާ މި މަގާމަށް ހޮވުނީ 3 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ޕީއެންސީގެ ކައުންސިލަރު މުހައްމަދު މައުމޫނަށް ލިބިވަޑައިގަތީ 2 ވޯޓެވެ. ޒައީމާ މީގެ ކުރިން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ކައުންސިލުގެ ރައީސްކަމަށްވެސް ވާދަކުރައްވާފައިވެއެވެ.

ނައިބު ރައީސްކަމަށް ޒައީމާ، މައުމޫން އަދި މިނިވަން ކައުންސިލަރު ބުންޔާމީން ހަސަން ވާދަކުރެއްވިއެވެ. ފުރަތަމަ ބުރުގައި ޒައީމާ އާއި މައުމޫނަށް ދެ ވޯޓު ލިބުނުއިރު، ބުންޔާމީނަށް ލިބުނީ އެންމެ ވޯޓެކެވެ. މިއަށްފަހު ކުރިއަށްދިޔަ ވޯޓުލުމުގެ ބުރުތަކުގައި ދެ ފަރާތަށްވެސް ހަމަހަމަ ވޯޓު ލިބި، އަދި ބާތިލު ވޯޓެއްގެ ސަބަބުން ނަތީޖާ ނުނެރެވި ކައުންސިލްގެ މަސައްކަތްތައް ހުއްޓިފައި އޮތެވެ.

HajjCop_ads
MMA_Ads
Advertisement

އާ ކައުންސިލަރުން ހުވާކުރެއްވީ މިދިޔަ އާދީއްތަ ދުވަހުއެވެ. ގަވާއިދުގައިވާ ގޮތުން ކައުންސިލަރުން ހުވާކުރުމަށްފަހު ބާއްވާ ފުރަތަމަ ޖަލްސާގައި ނައިބު ރައީސް ހޮވަން ޖެހެއެވެ. ނަމަވެސް، ކައުންސިލްގެ މަސައްކަތްތައް ހުއްޓިފައި އޮތީ އެ މަގާމަށް މީހަކު އިންތިޚާބު ނުކުރެވުމުގެ ސަބަބުންނެވެ. ހޯމަ ދުވަހުގެ ރޭ ޒައީމާ އަށް ވޯޓު ދެއްވީ ބުންޔާމީން ހަސަނެވެ. އެ ނިންމުން ނިންމެވީ ކައުންސިލްގެ މަސައްކަތްތައް މާ ބޮޑަށް ދިގުލައިގެން ދިއުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

މަހިބަދޫ ކައުންސިލްގެ ނައިބު ރައީސަކު އިންތިޚާބު ނުކުރެވި ކައުންސިލް ހުއްޓުމަކަށް!

WhatsApp Image 2026 03 29 at 18.59.14

ކުނބުރުދު އާއި މަހިބަދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމަށް އެޗްޑީސީއާ ހަވާލުކޮށްފި

990

މަހިބަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް