ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަހިބަދޫ ބިން ހިއްކުމުގެ މަޝްރޫއަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފި

WhatsApp Image 2026 09 17 at 09.22.07
Maldivian_Ads
TTH_Ads
STO_Ads
Advertisement

އދ.  މަހިބަދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން، އެ ރަށަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެ ރަށުގެ މަސައްކަތުގެ ސައިޓަށް ގެންގޮސްފިއެވެ.

މި މަޝްރޫއަކީ މަހިބަދޫއަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށާއި، ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މަސައްކަތުގެ ސައިޓަށް ބޮޑުހިލަ ގެންދެވުމާއެކު، މަޝްރޫއުގެ ތެރެއިން ކުރިއަށްދާ ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތްތައް އިތުރަށް ހަލުވިވެގެންދާނެއެވެ.

މަހިބަދޫ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 26 ޖުލައި 2023 ގައެވެ. މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ 40.43 މިލިއަން ރުފިޔާއަށް، 240 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

HajjCop_ads
Advertisement

މި މަޝްރޫއުގެ ދަށުން ސޭންޑް ސާޗް ސާވޭއެއް ހެދުމުގެ މަސައްކަތާއި، މަހިބަދޫގެ ހަތް ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ބިން ހިއްކުމަށްފަހު އެ ސަރަހައްދު ހިމާޔަތް ކުރުމުގެ ގޮތުން ތޮށިލުމުގެ މަސައްކަތްތައްވެސް ކުރިއަށްދާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big QRSrPxjBASQayqQiZw1g32vj6

ފިންގަރ ޖެޓީތަކުގެ ތަނބުތައް ޖަހާ ނިންމައި، ކޮންކްރީޓް މަސައްކަތް އަންނަ ހަފުތާގައި ފަށަނީ

WhatsApp Image 2026 10 17 at 10.05.30

ގެމަނަފުށީ ފަޅު ފުންކުރުމުގެ މަސައްކަތް ފަށައިފި

WhatsApp Image 2026 10 15 at 15.58.36

ގާދިއްފުށީ ސްކޫލުގެ 10 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް

Original

މުރައިދޫ ޕޮލިސް ޕޯސްޓުގެ ފުރާޅުގެ ގިއުގަނޑުގެ މަސައްކަތްތައް ކުރިއަށް