ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލޭޒާ ޓެކްނޮލޮޖީ ބޭނުންކޮށްގެން އައިޖީއެމްއެޗްގައި އޮޕަރޭޝަންކުރަން ފަށައިފި

STO_Ads
TTH_Ads
Advertisement

ޒަމާނީ ލޭޒާ ޓެކްނޮލޮޖީ ބޭނުންކޮށްގެން އައިޖީއެމްއެޗްގައި އޮޕަރޭޝަންތައް ކުރަން ފަށައިފި އެވެ.

މިކަމާ ގުޅިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސ.ީއީއޯ އިބްރާހިމް އަބްދުރައްޒާގް ހަލީމް “އެކްސް”ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑިޕާރޓްމެންޓް އޮފް ސާޖަރީގެ ޖެނެރަލް ސާޖަރީ ޓީމުން ކުރާ އޮޕެރޭޝަން ތަކުގެ ތެރެއިން  ހަތަރު ވައްތަރެއްގެ އޮޕެރޭޝަން 17 މެއި 2026 އިން ފެށިގެން ލޭޒާ ޓެކްނޮލޮޖީ ބޭނުންކޮށް ކުރެވޭނެ ވަސީލަތްތައް ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗް ގައި ގާއިމުކޮށްފައިވާކަމަށެވެ.

މި ހަތަރު އޮޕެރޭޝަނަކީ:

MMA_Ads
HajjCop_ads
Advertisement

* ފައިގެ ލޭނާރުތައް ދުޅަވެ ގޮށްޖެހުމުން (ވެރިކޯސްވެއިންސް) ކުރާ އޮޕެރޭޝަން އެންޑޯވީނަސް ލޭޒާ ޓްރީޓްމެންޓް (އީވީއެލްޓީ).

* ފުރަގަސްފަރާތުގެ ބަލި (ޕައިލްސް) އަށް ކުރާ ލޭޒާ ސާޖަރީކަމަށްވާ ލޭޒާ ހެމޮރޮއިޑޯޕްލާސްޓީ.

* ފުރަގަސްފަރާތުގަ އުފެދޭ ދޮސް އަންނަ މަގު އެނަލް ފިސްޓުލާ އަށް ކުރާ އޮޕެރޭޝަން ކަމަށްވާ ފިސްޓުލާ ޓްރަކްޓް ލޭޒާ ކްލޯސާ (ފިލަކް)

* ޕައިލޯނީޑަލް ސައިނަސް އަށްކުރާ ލޭޒާ އޮޕެރޭޝަން ކަމަށްވާ ސައިނަސް ލޭޒާ ކްލޯޒާ (ސިލަކް) އޮޕެރޭޝަން.

މި އައު ޚިދުމަތާއެކު ބޮޑުތަނެއް ކަފާލުމަކާ ނުލައި ބަލިމީހާއަށް  އޮޕެރޭޝަން ކުރެވި، ތަދުވުން ކުޑަވެ، ވަރަށް އަވަހަށް ބަލި ފަސޭހަވެ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ބާއްވަންޖެހޭ މުއްދަތު ކުރުވެ، އިންފެކްޝަންވުމުގެ ފުރުޞަތު ނިސްބަތުން ކުޑަވެގެންދާނެކަމަށް ސީއީއޯ ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ ސީނިއާ ކޮންސަލްޓަންޓް އިން ސާޖަރީ ޑރ. އަބްދުﷲ އުބެއިދު ވިދާޅުވީ ސާޖަރީތައް އިތުރު ދާއިރާތަކަށް ވެސް ފުޅާކުރާނެ ކަމަށެވެ. އޭގެ ތެރެއިން ޕްލާސްޓިކް ސާޖަރީއަށް ފުޅާކުރާނެ ކަމަށް ވިދާޅުވި އެވެ.

އައިޖީއެމްއެޗްގައި އޮޕަރޭޝަންތައް ކޮށްފައިވަނީ އިންޑިއާގެ ހޮސްޕިޓަލުތަކުގައި ކަމާގުޅޭ ވޯކްޝޮޕްތަކުގައި ބައިވެރިވުމަށްފަހުގަ އެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ހިމަބިހީގެ ކޭސްތައް ފެންނާތީ އައިޖީއެމްއެޗްގައި ހެލްޕް ޑެސްކެއް ގާއިމްކޮށްފި

Igmh

ކޮންމެހެން ދާން ޖެހިގެން ނޫނީ ހޮސްޕިޓަަލަށް ނުދިޔުމަށް އިލްތިމާސްކޮށްފި

Large 17652996957cwX6

ކުރިއަށް އޮތް 3-4 މަސްތެރޭގައި އިތުރު ތިން ޖީޕީ ކްލިނިކް ހުޅުވަނީ

88887

ޑެންގީ ހުން ޖެހިގެން ހާލު ސީރިއަސްވި ޒުވާނާ ނިޔާވެއްޖެ