ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ބައްލަވާލައްވައިފި

STO_Ads
TTH_Ads
Advertisement

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ބައްލަވާލައްވައިފިއެވެ.

މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީ އާއި، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދުގެ އިތުރުން އެ ކުންފުނީގެ އިސްވެރިންނާއި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ސައިޓަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން، ކަމާބެހޭ ފަރާތްތަކުން ވަނީ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތުގެ މަޢުލޫމާތު އެމަނިކުފާނަށް ހިއްސާކުރައްވާފައެވެ.

HajjCop_ads
Advertisement

މާލޭގެ ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ސެގްމަންޓް 2، 3 އަދި 4 ގެ އެއްގަމު ތޮށީގެ ކެޕިންގ ކޮންކްރީޓް މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މިގޮތުން މިހާތަނަށް 100 މީޓަރުގެ ސަރަޙައްދެއްގައި ކެޕިންގ ކޮންކްރީޓް އަޅައި ނިމިފައިވާއިރު، މި ސެގްމަންޓްތަކުގެ ޝީޓް ޕައިލް ކުރުމުގެ މަސައްކަތުގެ 68 އިންސައްތަ ފުރިހަމަކޮށްފައިވާ ކަމަށް އެމްޓީސީސީ އިން މަޢުލޫމާތުދެއެވެ.

މީގެއިތުރުން، ނަރުދަމާ ނިޒާމު އިތުރަށް ފުރިހަމަކުރުމާއި، ފެނާއި ނަރުދަމާގެ މައި ހޮޅިތައް އެޅުމުގެ މަސައްކަތާއި، ފެން ހިންދާ ނިޒާމުގެ ކެޗްޕިޓްތަކާއި ފެންވަޅުތައް ހެދުމުގެ މަސައްކަތް ވެސް ހަލުއި ސްޕީޑުގައި ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި އެންކަރ ބްލޮކްތައް ބެހެއްޓުމާއި އެއްގަމު ތޮށީގެ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތްތައް ވެސް ތާވަލާ އެއްގޮތަށް ކުރިއަށްދާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ފަށައި މިހާތަނަށް ވަނީ ދެ ސެގްމަންޓުގެ މަސައްކަތް ނިންމައި އާއްމުންނަށް ހުޅުވާލާފައެވެ. އެއީ، ރަސްމީ ފާލަން ހިމެނޭ އެމްއެމްއޭ ސަރަޙައްދާއި ކާރުބާރޫ ބޮޑު މާރުކޭޓު ސަރަޙައްދެވެ. މި ދެ ސަރަޙައްދު ހުޅުވާލުމުން ބޮޑެތި ލުއިތަކެއް ވަނީ ލިބިގެންގޮސްފައެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް 22 ގައެވެ. ސެގްމަންޓުތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު، އޭގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ކުރާނެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

މާލޭގެ މިނީ ބަހުގެ ހިދުމަތުގެ ރޫޓުތަކަށް މިނިވަން ދުވަހާ ދިމާކޮށް ބަދަލުތަކެއް

WhatsApp Image 2026 07 25 at 18.22.08

ހުޅުމާލޭގައި ޒަމާނީ ކޯޓު ކޮމްޕްލެކްސްއެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދު ކުރި އަމީނީ މަގުގެ މަސައްކަތް އަލުން ކުރަނީ!

Ew

ބޮޑުތަކުރުފާނުމަގުގައި އަލަށް ތަރައްގީކުރި ބައި ހުޅުވާލައިފި، ވަރަށް ހިތްގައިމު