ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީދު ބަންދުގެ ކުރިން، ވިޔަފާރިތަކަށް ބޭނުންވާނެ ނަގުދު ފައިސާ ހޯދުމަށް އިލްތިމާސްކޮށްފި

MMA
STO_Ads
TTH_Ads
Advertisement

މިއަހަރުގެ އަޟްޙާ އީދުގެ ބަންދު ފެށުމުގެ ކުރިން، ވިޔަފާރިތަކަށް ބޭނުންވާނެ ނަގުދު ފައިސާ އާއި ވަކިލާރި ހޯދުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެމްއެމްއޭއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އަޟްހާ އީދުގެ މުނާސަބަތުގައި މޭ 24، 2026 އިން މޭ 30، 2026 އަށް ސަރުކާރު ބަންދުވާނެ ކަމަށެވެ. އެހެންނަމަވެސް އާއްމުންނަށް ދިމާވެދާނެ ދަތިތަށް ކުޑަ ކުރުމަށްޓަކައި މި ބަންދުގެ ތެރެއިން މޭ 28، 2026 ވާ ބުރާސްފަތި ދުވަހު ބޭންކު ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ. އެ ދުވަހު ބޭންކް ހުޅުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:30 އިން މެންދުރުފަހު 14:00 އަށް ކަމަށްވެސް އިއުލާނުގައި ބުނެފައިވެ އެވެ.

އިއުލާނުގައި އިތުރަށް ބުނެފައިވަނީ، ބުރާސްފަތި ދުވަހު ބޭންކް ހުޅުވި ނަމަވެސް، އެ ދުވަހު އާންމުންނަށް ވަކިލާރި އާއި ނަގުދު ފައިސާ ދޫކުރުމުގެ ޚިދުމަތް ނުލިބޭނެ ކަމަށެވެ. އެހެންކަމުން، އީދު ބަންދުގެ ތެރޭގައި ބޭނުންވާނެ ކަމަށް އަންދާޒާކުރާ މިންވަރަށް ނަގުދު ފައިސާ އާއި ވަކިލާރި، މި ހިނގާ ހަފްތާގެ ތެރޭގައި ހޯދުމަށް އެމްއެމްއޭއިން އިލްތިމާސްކޮށްފައިވެ އެވެ.

HajjCop_ads
Advertisement

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Image 870x 6a0b246aaaa5e

މޯލްޑިވްސް ޕްރީމިއާ ބޭންކަށް ބޭންކިންގ ލައިސަންސް އެމްއެމްއޭ އިން ދީފި

MMA

އަލްހާ އީދު ބަންދާއި ގުޅިގެން ބޭންކުތައް ހުޅުވާފައި ހުންނާނީ މިމަހުގެ 28 ގައި

WhatsApp Image 2026 05 17 at 13.48.01

ބާވެ ހަލާކުވާ ނޫޓުތަކަށް މަރުކަޒީ ބޭންކުން ކުރަނީ ކޮންކަމެއް؟

mma

ބޭންކުތަކުން ޕްރައިވެޓް ސެކްޓަރއަށް ދޫކޮށްފައިވާ ލޯނުގެ އަދަދު މިއަހަރު %14 އިތުރު