އަލްހާ އީދު ބަންދާއި ގުޅިގެން ބޭންކުތައް ހުޅުވާފައި ހުންނާނީ މިމަހުގެ 28 ވަނަ ދުވަހުކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފިއެވެ.
އެމްއެމްއޭއިން މިރޭ ބުނީ އީދު ދުވަހުގެ މުނާސަބަތުގައި މިމަހުގެ 24 އިން 30 އަށް ސަރުކާރު ބަންދުވުމާ ގުޅިގެން ބޭންކިން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށް ކަމަށެވެ.
އެ ދުވަހު އާންމުންނަށް ވަކި ލާރިއާއި ނަގުދު ފައިސާ ދޫކުރުމަށް ހަމަޖެހިފައިނުވާތީ، މި ހިނގާ ހަފުތާގެ ތެރޭގައި އީދުގެ ބަންދުގައި ބޭނުންވާނެކަމަށް އަންދާޒާކުރެވޭ އަދަދަށް އެ އޮތޯރިޓީން ވަކި ލާރިއާއި ނަގުދު ފައިސާ ހޯދުމަށް އިލްތިމާސްކުރާކަމަށް އެމްއެމްއޭއިން ބުންޏެވެ.

މި އަހަރުގެ ހައްޖު ދުވަހަކީ މިމަހުގެ 26 ވަނަ ދުވަހެވެ.
އީދު ބަންދާއި ގުޅިގެން މިމަހުގެ 30 ވަނަ ދުވަހާއި ހަމައަށް ސަރުކާރު ބަންދުވާނެއެވެ.





ކިޔުންތެރިންގެ ހިޔާލު