ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ނ. މަގޫދޫއިން ދެމީހަކު ހައްޔަރުކޮށްފި

TTH_Ads
STO_Ads
Advertisement

މަސްތުވާތަކެތީގެ މައްސަލައެއްގައި ނ. މަގޫދޫއިން ދެމީހަކު ހައްޔަރުކޮށްފިއެވެ.

އެ ދެމީހުން ހައްޔަރުކޮށްފައި ވަނީ މާލެއިން ނ. އަތޮޅަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުުޅިގެން ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ހ. ދިޔަދޫ / މާލެ، މުޙައްމަދު ނަޞޫޙް ނާޡިމް (21އ) ގ. ސީވޭވް / މާލެ، މުޙައްމަދު ތިބްޔާން ޝަހީން (25އ) އެވެ.

މި މެއި މަހުގެ 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި، އެ ދެމީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައި ވަނީ މަގޫދޫ ގެސްޓުހައުސް އެއްގައި ހުއްޓައެވެ. އަނެއް މީހާ ހައްޔަރުކޮށްފައި ވަނީ މަގޫދޫ މަގުމަތިންނެވެ. އެ ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ހަތަރު ރަބަރު ޕެކެޓާއި 553 ކުޑަ ރަބަރު ޕެެކެޓު ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 48 ގުރާމެވެ.

HajjCop_ads
Advertisement

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިުރުކުރުމުން މުޙައްމަދު ނަޞޫޙް ނާޡިމް (21އ)  ފަސްދުވަހަށް އަދި މުޙައްމަދު ތިބްޔާން ޝަހީން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި އޮޕަރޭޝަން ހިންގާފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މަނަދޫ ޕޮލިސް ސްޓޭޝަނާއި މަގުދޫ ޕޮލިސް ޕޯސްޓާއި މިލަދޫ ޕޮލިސް ޕޯސްޓު ގުޅިގެންނެވެ.

 

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހިންނަވަރުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ތިންމީހުން ހައްޔަރުކޮށްފި

43

ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރި ސިނގިރޭޓްތަކެއް ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފި

މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ދިގު މުއްދަތަކަށް ދެމީހުން ޖަލަށް

ފެރިދޫއަށް މަސްތުވާތެކެތި އެތެރެކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި