ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޙިޔާ ފްލެޓްގެ އެޕާޓްމަންޓެއްގައި އަލިފާން ރޯވެ، ގެއްލުންތަކެއް

43
STO_Ads
TTH_Ads
Advertisement

ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ހިޔާ ޓަވަރު 8 ގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެޕާޓްމަންޓެއްގެ ކޮޓަރިއެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.

މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ ޓަވަރުގެ 15 ވަނަ ފަންގިފިލާގައި ހުންނަ 10 ވަނަ އެޕާޓްމަންޓުގައެވެ. މި ހާދިސާގެ ސަބަބުން އެ އެޕާޓްމަންޓަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެންޑީއެމްއޭ އިން ބުނި ގޮތުގައި، އެޕާޓްމަންޓުގެ ކޮޓަރިއެއް މުޅިން އަނދާފައިވާއިރު، އެޕާޓްމަންޓުގެ އެހެން ބައިތަކަށް ވެސް ދުމާއި ހޫނުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މި އެޕާޓްމަންޓުގައި ދިރިއުޅޭ ހަތަރު މީހުންގެ އާއިލާއަށް ބޭނުންވާ އަސާސީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން މިހާރު ދަނީ ކުރަމުންނެވެ.

HajjCop_ads
Advertisement

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

ފީއަލީ ބަނދަރުގައި އޭޕްރީލް މަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ މަރުވެއްޖެ

88887

ހުޅުމާލެ ވޯޓާ ތީމް ޕާކްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

988

ހުރާގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ގެއެއް އަނދައި، 15 މީހުން ހާލުގައި ޖެހިއްޖެ

އަލިފާން ރޯވީ ސޮނެވާ ޖާނީ ރިސޯޓުގެ “ގެދަރިން” އިމާރާތުގައި