ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވޭވަށު ކައުންސިލަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓަކަށް ލިބިފައިވާ ވޯޓްތަކެއް ބާތިލްކޮށް، އަލުން ނަތީޖާ އިއުލާންކުރަން ހައިކޯޓުން ހުކުމްކޮށްފި

Igmh
TTH_Ads
STO_Ads
Advertisement

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މ. ވޭވަށު ކައުންސިލަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓަކަށް ލިބިފައިވާ ވޯޓުތަކެއް ބާތިލްކޮށް, އެ އިންތިހާބުގެ ނަތީޖާ އަލުން އިއުލާންކުރަން ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ކައުންސިލް އިންތިހާބުގައި ވޭވަށު ކައުންސިލްގެ ތިން މެމްބަރުންގެ ތެރެއިން ޕީއެންސީއަށް ކުރިން ލިބުނީ އެންމެ ގޮނޑި އެކެވެ. އަދި ރައީސްކަމާއި މެމްބަރުކަމުގެ މަގާމު ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.

އެ ކައުންސިލަށް ޕީއެންސީ ޓިކެޓްގައި ވާދަކުރި މުހައްމަދު ނަޒީހު އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް, ބަލިވީ ދެ ވޯޓުގެ ތަފާތަކުންނެވެ. ނަޒީހު ހައި ކޯޓަށް ހުށަހެޅީ އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނު ތިން ވޯޓަކީ ބާތިލް ތިން ވޯޓް ކަމަށް ކަނޑައަޅައި އެވޯޓުތައް ބާތިލްކޮށްދިނުމަށް އެދިއެވެ.

HajjCop_ads
MMA_Ads
Advertisement

އެ މައްސަލާގައި ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ވޯޓު ކަރުދާހުގައި ހެޔޮ ފާހަގަ ފިޔަވައި އިތުރު ކުރެހުމެއް ނުވަތަ ނިޝާނެއް ހުރެއްޖެނަމަ އެ ވޯޓެއް ބާތިލްވާނެ ކަމަށް އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައި ބުނެފައިވާ ކަމަށެވެ.

ހުކުމުގައިވަނީ އެ ތިން ވޯޓު ކަރުދާހުގައި އިތުރު ނިޝާނެއް ފެންނަން ހުރީ ޕްރިންޓް ކުރުމުގައި ދިމާވި ކަމެއްގެ ސަބަބުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވީ ނަމަވެސް އެކަން ސާބިތުވާނެ ހެއްކެއް ނެތް ކަމަށެވެ.

އެހެންވެ, އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނު އެ ތިން ވޯޓު ކަރުދާސް ބާތިލްކޮށް, އެ ވޯޓު އަލުން ގުނުމަށްފަހު ނަތީޖާ އިއުލާންކުރަން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކުރާ ކަމަށް ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައިވެ އެވެ.

އެގޮތަށް ރައުޔު ނެރުއްވީ އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުالله އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ. ނަމަވެސް އެ ބެންޗްގައި ދެން އިންނެވި ފަނޑިޔާރު އިބްރާހިމް މާހިރުގެ ރައުޔަކީ ނަތީޖާ އަލުން ގުނަން ނުޖެހޭނެ ކަމަށެވެ.

އެހެންކަމުން އެ ތިން ވޯޓު ނުހިމެނޭ ގޮތަށް ވޯޓު ގުނައިފިނަމަ ޕީއެންސީގެ ކެންޑިޑޭޓް ހޮވި, އެ ކައުންސިލްގެ މެޖޯރިޓީ ޕީއެންސީއަށް ލިބޭނެއެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big tkaqua9heab6zthfms1rjk8sd

އެފްއޭއެމް ވައްކަމުގައި ހިމެނޭ އަމީން އެވެނިއުގެ 2 އެޕާޓްމަންޓުން މުއާމަލާތެއް ހިންގުން މަނާކޮށް ވަގުތީ އަމުރެއް

Io

ޝާހިލްގެ އިސްތިއުނާފު މައްސަލަ ބަލައިނުގަނެ ހައިކޯޓުން ބޭރުކޮށްލައިފި

43

ހޫދު 23 އަހަރަށް ޖަލަށްލާން ކުރި ހުކުމް އިސްތިއުނާފުކޮށްފި

43

ޝާހިލްގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި