ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ދިގު މުއްދަތަކަށް ދެމީހުން ޖަލަށް

STO_Ads
TTH_Ads
Advertisement

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ދެމީހަކު ޖަލަށްލުމަށް ކޯޓުން ހުކުމްކޮށްފި އެވެ.

ފުލުހުން ބުނީ، މަސްތުވާތަކެެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށާއި އަދި 115 ވަނަ މާއްދާގެ (ހ) ގެ ދަށުން ކެނެބިސް ބޭނުންކުރުމުގެ ކުށް ސާބިތުވެފައިވަނީ ނ. ވެލިދޫ / ދިލްބަހާރުގެ، އަޙްމަދު އިބްރާހީމް (44އ) ގެ މައްޗަށް ކަމަށެވެ.

އަޙުމަދު އިބްރާހީމްގެ މައްޗަށް ޑައިމޯފިން ކުށް ސާބިތުވެ އުގޫބާތެއްގެ ގޮތުން، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ (ނ) ދެ ދަށުން 25 އަހަރުގެ ޖަލު ހުކުމަކާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ. މީގެ އިތުރުން ކެނެބިސް ބޭނުންކުރުމުގެ ކުށް ސާބިތުވެ، 115 ވަނަ މާއްދާގެ (ނ) ގެ ދަށުން 3 އަހަރު ދުވަހަށް ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.

HajjCop_ads
Advertisement

އެހެންކަމުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އަޙްމަދު އިބްރާހީމް ތަންފީޒުކުރަންޖެހޭ ޖަލު އަދަބަކީ 27 އަހަރާއި 11 މަހާއި 5 ދުވަސް ކަމަށް ހުކުމްގައި ވަނީ ކަނޑައަޅާފަ އެވެ. މި ހުކުމް އިއްވާފައި ވަނީ މެއި 12، 2026 ވަނަ ދުވަހުކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުންގެ ހިދުމަތުން ބުނީ، މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އަޙްމަދު އިބްރާހީމް ހައްޔަރުކޮށްފައިވަނީ މެއި 7، 2024 ވަނަ ދުވަހު ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ޖޫން 30، 2024 ވަނަ ދުވަހުކަމަށްވެސް ބުންޏެވެ.

ފުލުހުންގެ ހިދުމަތުން މިއަދު މައުލޫމާތު ހިއްސާކޮށްފައިވާ ގޮތުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެފައިވާ އަނެއް މީހަކީ، ނ. ވެލިދޫ / ހެޕީގާރޑްން، ޙުސައިން އިބްރާހީމް (39އ) އެވެ. އޭނާގެ މައްޗަށް ސާބިތުވެފައިވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނު ގެ 105 ވަނަ މާއްދާގެ (ނ) ގެ ދަށުން، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށެވެ.

ޙުސައިން އިބްރާހީމްގެ މައްޗަށް ޑައިމޯފިން ކުށް ސާބިތުވެ އުގޫބާތެއްގެ ގޮތުން، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ (ނ) ދެ ދަށުން 25 އަހަރުގެ ޖަލު ހުކުމަކާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފައިވެ އެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ހުސައިން އިބްރާހީމް ތަންފީޒުކުރަންޖެހޭ ޖަލު އަދަބަކީ 24 އަހަރާއި 11 މަހާއި 14 ދުވަސް ކަމަށް ހުކުމްގައި ކަނޑައަޅާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. މި ހުކުމް އިއްވާފައި ވަނީ މެއި 12، 2026 ވަނަ ދުވަހުކަމަށްވެސް ބުނެފައިވެއެވެ.

ފުލުހުން ބުނީ، މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ޙުސައިން އިބްރާހީމް ހައްޔަރުކުރީ އެޕްރީލް 11، 2022 ވަނަ ދުވަހު ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މެއި 10، 2022 ވަނަ ދުވަހު ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

މަސްތުވާތަކެތިން ސަލާމްތަވެފައިވާ މުޖުތަމައެއް ގާއިމްކުރުމަށްޓަކައި ފުލުހުންގެ އިދާރާއިން އަންނަނީ ގިނަ އޮޕަރޭޝަންތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންނެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފެރިދޫއަށް މަސްތުވާތެކެތި އެތެރެކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

43

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގައި މީހަކު ހައްޔަރުކޮށްފި

88887

ބްލެކްމެއިލްކުރުމާއި އޮރިޔާން ކާޑު ހެއްދުމުގެ ކުށް ސާބިތުވި މީހަކު 6 އަހަރަށް ޖަލަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި