ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެސްއެމްއީ ޑިޖިޓަލްގެ ބްރޭންޑް ކެމްޕެއިން “އެސްއެމްއީ 360” އިފްތިތާހުކޮށްފި

TTH_Ads
STO_Ads
Advertisement

ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ތަރައްގީ އަށް ފައިނޭންސިންގ ފޯރުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާ ކުރާ އެސްއެމްއީ ޑިޖިޓަލްގެ ބްރޭންޑް ކެމްޕެއިން “އެސްއެމްއީ 360” އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އައްޑޫ ބިޒްނަސް ޑައިލޮގް ފޯރަމްގައި މިއަދު އިފްތިތާހްކޮށްފިއެވެ.

މި ކެމްޕެއިން އިފްތިތާހްކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު އެވެ.
އެސްއެމްއީ 360 ކެމްޕެއިނަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވާ، އިތުރު ހަރުފަތަކަށް ގެންދިޔުމުގެ މަގްސަދުގައި އެސްއެމްއީ ޑިޖިޓަލް އިން ފޯރުކޮށްދޭ މާލީ ހައްލުތަކާއި އެސްއެމްއީ ޑިޖިޓަލްގެ އަދާ ކުރާ ދައުރަށް ހޭލުންތެރިކޮށްދިނުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ކެމްޕެއިނެކެވެ. މި ކެމްޕެއިންގެ ސަބަބުން އެސްއެމްއީ ޑިޖިޓަލްއާއި ކުދި ވިޔަފާރިތަކާއި މުޖުތަމައުއާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، އިގްތިސާދުގައި ކުދި ވިޔަފާރިގެ ދައުރު ފުޅާކޮށް ބާރުވެރިކުރަށް އެހީތެރިވެދޭނެ އެވެ.

މި ކެމްޕެއިންގެ ދަށުން އާއްމުން ޝައުގުވެރިވާ ގޮތަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައިއެވެ. އެގޮތުން، ރާއްޖޭގެ އެކި އަތޮޅުތަކުގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން، އެ ސަރަހައްދުތަކަށް ދަތުރުކޮށް ހާއްސަ މަސައްކަތު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ރާވާފައިއެވެ. މި ވޯކްޝޮޕްތަކުގެ ޒަރީއާއިން ވިޔަފާރިވެރިންނަށް މުހިންމު މައުލޫމާތުތައް ފޯރުކޮށްދީ، ވިޔަފާރީގެ ދާއިރާއަށް އަހުލުވެރިކުރުވުމުގެ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދާނެއެވެ.

HajjCop_ads
Advertisement

މި ކެމްޕެއިންގެ ތެރޭގައި، ކުދި ވިޔަފާރިތަކުގެ ތަޖުރިބާތައް ހިއްސާކުރުމަށް ހާއްސަ ޕޮޑްކާސްޓް ސިލްސިލާއެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ނިންމާފައިއެވެ.

ކެމްޕެއިން ތައާރަފްކުރުމާއި ގުޅިގެން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، “އެސްއެމްއީ 360 އަކީ ދިވެހިރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެއްތާކުން ހުރިހާ ހިދުމަތެއް ދެވޭނެ ބްރޭންޑެއް ބިނާކުރުމަށް އަޅުގަނޑުމެން ގެންގުޅޭ ތަސައްވުރުގެ ރަމްޒެއް. މި ކެމްޕެއިން ރާއްޖޭގެ ވިޔަފާރީގެ މައި ހަބެއްކަމުގައިވާ އައްޑޫ ސިޓީގައި ތައާރަފް ކުރެވުން މިއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ފަހުރެއް، މިހާތަނަށް އެސްއެމްއީ ޑިޖިޓަލް އިން އައްޑޫ ސިޓީގެ 134 ކުދި ވިޔަފާރިއަކަށް 144 މިލިއަނަށް ވުރެ ގިނަ އަދަދެއްގެ ފައިނޭންސިންގ ވަނީ ފޯރުކޮށްދީފައި. އަޅުގަނޑުމެންގެ އުއްމީދަކީ ކެމްޕެއިންގެ ޒަރީޔާއިން، ކުދި ވިޔަފާރިތަކާއި އެސްއެމްއީ ޑިޖިޓަލްގެ ގުޅުން ބަދަހިވެ ވިޔަފާރީގެ ހުރިހާ މަރުހަލާއެއްގެ ބައިވެރިއަކަށްވުން” އެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަންއިން ގުޅިގެން އައްޑޫ ސިޓީގައި މިހާރު ކުރިއަށް ގެންދާ މި ފޯރަމްގައި އެސްއެމްއީ ޑިޖިޓަލް އިން ވަނީ ބައިވެރިވެ ކުދި ވިޔަފާރިތަކުގެ ކުރިއެރުމާއި ގުޅުންހުރި މުހިންމު މަޝްވަރާތަކުގައި ބައިވެރިވެފައިއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

SME digital CEO baurudheen

އެސްއެމްއީ ޑިޖިޓަލްގެ ހިންގުމަށް ގިނަ ބަދަލުތަކެއް ދަނީ ގެނެވެމުން: ބަދުރުއްދީން