ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

16 ގަޑިއިރުގެ ދަތުރަކަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއަށް

އެއަރފޯސް ވަން މަތިންދާ ބޯޓު، ބެއިޖިންގ އެއަރޕޯޓްގައި
TTH_Ads
STO_Ads
Advertisement

16 ގަޑިއިރުގެ ދަތުރަކަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދަތުރުކުރި އެއަރފޯސް ވަން މަތިންދާ ބޯޓު ޗައިނާގެ ވެރިރަށް ބެއިޖިންގަށް ޖައްސައިފިއެވެ.

މިއީ، ބެއިޖިންގަށް އިރާކޮޅުގެ ވަގުތެވެ.

މިއީ، 2017 ގެ ފަހުން ޑޮނަލްޑް ޓްރަމްޕް ޗައިނާއަށް ދިޔަ ފުރަތަމަ ފަހަރެވެ. އަދި މިއީ ފާއިތުވެދިޔަ 9 އަހަރުގެ ތެރޭގައި އެމެރިކާގެ ރައީސަކު ޗައިނާއަށް ޒިޔާރަތްކުރާ ފުރަތަމަ ފަހަރުވެސް މެއެވެ.

MMA_Ads
HajjCop_ads
Advertisement

ދުނިޔޭގެ އެންމެބޮޑު ދެ އިގްތިސާދުގެ ވެރިން ކަމުގައިވާ ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ދެމެދު ބާއްވާ ރަސްމީ ވާހަތަކާއި، ޓްރަމްޕްގެ ދަތުރާގުޅޭ މުހިންމު އެހެން ކަންކަން ހިނގާނީ މާދައާއި އަނެއް ދުވަހުއެވެ.

ޓްރަމްޕާއި، ޝީ ޖިންޕިއާ ދެމެދު ދެކެވޭ ވާހަކަތަކުގައި އެމެރިކާ-އިސްރާއީލުން އީރާނާ ދެކޮޅަށް ފަށައިގެންއުޅޭ ހަނގުރާމައިގެ މައްސަލަ ހިމެނޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެމެރިކާއިން ފުރުމުގެކުރިން ޓްރަމްޕް ބުނެފައިވަނީ، އީރާނުގެ މައްސަލާގައި އޭނާ ޗައިނާގެ ރައީސާއެކު “ދިގުކޕށް” ވާހަކަ ދައްކާނޭ ކަމަށެވެ.

މީގެއިތުރުން، ދެގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މައްސަލަތަކާއި، އެމެރިކާއިން ޓައިވާނަށް ހަތިޔާރު ވިއްކާ މައްސަލައާއި އޭއައިގެ ވާހަކަތައްވެސް ހިމެނޭ ކަމަށް ބުނެފައި ވެއެވެ.

ޓްރަމްޕާއެކު އެމެރިކާގެ ބިޔަ ވަފުދެއް ޗައިނާއަށް ގޮސްފައި ވެއެވެ. އޭގެ ތެރޭގައި އެމެރިކާގެ ފުންނާބުއުސް އެތައް ވިޔަފާރިވެރިންވެސް ހިމެނެއެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް ދަށަށް ހިނގައްޖެ

އެއްބަސްވުން ހެދިއްޖެ، އީރާނުގެ ބްލޮކޭޑް ވަގުތުން އުވާލަން ސިފައިންނަށް އަންގައިފިން: ޓްރަމްޕް

މަސްރަހް ވަރަށް ނުތަނަވަސް: އެންމެން އިންތިޒާރުކުރަނީ އީރާނުން އިސްރާއީލަށް ހަމަލާދޭން ފަށާނެ ވަގުތަކަށް

އީރާނާއެކު މާދަމާ އެއްބަސްވުމުގައި ސޮއި ކުރެވޭނެ: އެމެރިކާގެ ރައީސް ޓްރަމްޕް