ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވެނެޒުއެލާގެ ރައީސް ވަގުތުން މިނިވަން ކުރުމަށް ޗައިނާއިން އެމެރިކާއަށް ގޮވާލައިފި

ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރު ކޮށްގެން އެމެރިކާއަށް ގެންދިޔަ ވަގުތު:
TTH_Ads
STO_Ads
Advertisement

ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ވަގުތުން މިނިވަންކޮށް ދޫކޮށްލަން ޗައިނާއިން އެމެރިކާއަށް ގޮވާލައިފިއެވެ.

ހަމަ އެއާއެކު، ވެނެޒުއެލާގެ ސަރުކާރު ވައްޓާލައި ވެރިކަން ރޫޅާލަން މަސައްކަތް ނުކުރުމަށްވެސް ޗައިނާއިން ގޮވާލާފައި ވެއެވެ.

ޗައިނާއިން މިކަމަށް މިގޮވާލީ، ވެނެޒުއެލާގެ ވެރިރަށް ކަރާކަސްއަށާއި، އެހެން ސިޓީތަކަށް އެމެރިކާ ސިފައިން ވަރުގަދަ ހަމަލާތަކެއްދީ އަދި ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯއާއި، އަނބިކަނބަލުން ސީލިއާ ފްލޮރެސް ހައްޔަރު ކޮށްގެން އެމެރިކާއަށް ގެންދިއުމާ ގުޅިގެންނެވެ.

HajjCop_ads
MMA_Ads
Advertisement

ޗައިނާއިންވަނީ، ރައީސް މަދޫރޯގެ ދެކަނބަލުންގެ ސަލާމަތްތެރިކަމަށް އިސްކަން ދިނުމަށް ގޮވާލާފައެވެ.

އަދި އެމެރިކާއިން ވެނެޒުއެލާއަށް ދިން ހަމަލާތަކަކީ، ބައިނަލްއަގްވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފް ހަމަލާތަކެއް ކަމަށްވެސް ބުނެފައި ވެއެވެ.

މިއީ، އެމެރިކާއިން ވެނެޒުއެލާއަށް ހަމަލާދީ، ރައީސް މަދޫރޯގެ ދެކަނބަލުން ހައްޔަރު ކޮށްގެން ގެންދިޔަކަން އެމެރިކާގެ ރައީސް ޓްރަމްޕް ހާމަކުރި ފަހުން އެކަމާ ގުޅިގެން ޗައިނާއިން ބަޔާން ނެރުނު ދެވަނަ ފަހަރެވެ.

އެމެރިކާއިން ވެނެޒުއެލާއަށާއި، އެގައުމުގެ ރައީސަށް އަމާޒުކޮށް ދިން ހަމަލާ ވަރަށް ބޮޑަށް ކުށްވެރިކޮށް ޗައިނާއިން އެމެރިކާއަށް އިއްޔެ ގޮވާލާފައިވަނީ އދގެ ޗާޓަރަށް ބޯލެނބުމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެމެރިކާ ސިފައިން ވެރިރަށް ކަރާކަސްއަށް ހަމަލާ ދިނީ، ޗައިނާގެ އިސް ބޭފުޅުންގެ ވަފުދެއް ވެނެޒުއެލާއަށް ދިއުމަށްފަހު އެނބުރި ދިޔަތާ މާ ގިނައިރެއް ނުވަނީހެވެ.

ޗައިނާއަކީ ވެނެޒުއެލާގެ ތެޔޮ އެންމެ ގިނައިން ގަންނަ ގައުމެވެ.

ވެނެޒުއެލާގެ ރައީސް މަދޫރޯ ހައްޔަރު ކޮށްގެން ގެންދިއުމަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވަނީ، ވެނެޒުއެލާގެ ތެޔޮ ކޮންޓްރޯލް ކުރާނީ އެމެރިކާއިން ކަމަށެވެ.

އަދި ވެނެޒުއެލާގެ މުސްތަގްބަލް ކަނޑައަޅާނީވެސް އެމެރިކާއިން ކަމަށެވެ.

ވެނެޒުއެލާގެ މައްޗަށް އެމެރިކާއިން އަތްގަދަ ކުރުމަކީ ޗައިނާއަށް ބޮޑެތި ގެއްލުންތައް ލިބެނޭ ކަމެވެ. ޚާއްސަކޮށް ވެނެޒުއެލާގެ ތެލުގެ މައްސަލައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
HajjCop_ads
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ސިފައިން އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި، އީރާނުގެ ރައްދު އަންނާނެގޮތެއް އަދި ނޭނގޭ

ބިންހެލުންތަކުގައި ވެނެޒުއެލާއިން މަރުވި މީހުންގެ އަދަދު 589 އަށް އަރައިފި

ވެނެޒުއެލާ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 164 އަށް، 11،000 މީހުން ގެއްލިފައި

އެމެރިކާއިން ޑިމާންޑްކުރިޔަސް ލުބުނާނުން ސިފައިން ނުލާބާނަން: އިސްރާއީލު ޑިފެންސް މިނިސްޓަރު