ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފިކުރު ތަފާތުވިނަމަވެސް އިޤްތިޞާދީ ތަރައްޤީގައި މަސައްކަތްކުރަންވާނީ ގުޅިގެން: ސަޢީދު

HIL0yzSa4AE8LTG
STO_Ads
TTH_Ads
Advertisement

ފިކުރު ތަފާތުވި ނަމަވެސް ހުރިހާ ފަރާތްތަކުންވެސް އިގްތިސާދީ ތަރައްގީގެ ކަންކަމުގައި މަސައްކަތް ކުރަންވާނީ ގުޅިގެންކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އައްޑޫ ބިޒްނަސް ޑައިލޮގް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަޢީދު ވިދާޅުވީ،އިގްތިސާދީ އަދި ތަރައްގީގެ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ ރާއްޖޭގެ ސަރަހައްދުތައް ކަނޑައަޅުއްވައިގެން ނަމަވެސް ހަލުވިކަމާއެކު މަސައްކަތް ކުރިއަށްގެންދިއުން ކަމަށެވެ. އެގޮތުން އައްޑޫ ސިޓީއަކީ މި މަސައްކަތުގެ ފެށުން ކަމަށާއި ބިޒްނަސް ޑައިލޮގްގައި އައްޑޫގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ހުރި ގޮންޖެހުންތައް ދެނެގަނެ އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި ކުރެވޭނެ ކަމަށް އެ ފަރާތްތަކަށް ފެންނަ ކަންކަން ހާމަކޮށް ކަރުދާހެއް އެކުލަވާލާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޑައިލޮގުން އިގްތިސާދީ ތަރައްގީއާބެހޭ ވުޒާރާއިން އެކުލަވާލާ ކަރުދާސް ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، އައްޑުއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވެންހުރި ކަންކަން ހައްލުކޮށްދެއްވާނެ ކަމަށެވެ. އެހެންވެ މި ޚިޔާލުތައް ހުށަހެޅުމުގައި ޑައިލޮގްގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން މައްސަލަތަކާއި އެ މައްސަލަތައް ހައްލުކުރެވޭނެ ގޮތްތައް ހުށަހަޅައި މަޝްވަރާތައް ކުރުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.

HajjCop_ads
Advertisement

އައްޑޫގެ އެކްސަލަރޭޓަޑް މަސައްކަތެއް މި މަސައްކަތަކީ. އައްޑޫ 2027، 28، 29، އައްޑޫގަ ކުރާނެ ކަންތައްތަކެއް. އައްޑޫގެ ރައްޔިތުން، އައްޑޫގެ ވިޔަފާރިވެރިންގެ ހިތްޕުޅުގައި އެބޭފުޅުންނަށް އެނގޭނެ އައްޑުއަށް ދިމާވާ ދަތިތައް.

އިޤްތިޞާދީ ވަޒީރު ވިދާޅުވިއެވެ.

ވިޔަފާރިވެރިންގެ ތެރޭގައި ސަރުކާރާ ސިޔާސީ ގޮތުން ފިކުރު ތަފާތު ފަރާތްތައް ތިބޭނެކަން ފާހަގަކުރައްވައި ވަޒީރު ސަޢީދު ވިދާޅުވީ ފިކުރު ތަފާތުވި ނަމަވެސް ހުރިހާ ފަރާތްތަކުންވެސް އިގްތިސާދީ ތަރައްގީގެ ކަންކަމުގައި މަސައްކަތް ކުރަންވާނީ ގުޅިގެން ކަމަށެވެ. އަދި މަޝްވަރާގެ މަގުން ކުރެވޭ ކަންކަން ކާމިޔާބުވާނެކަން އަލަށް އަމަލުކުރަން ފެށި ފޮރިން އިންވެސްޓްމަންޓް ޤާނޫނާއި ޗައިނާއާއެކު އެކުލަވާލާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ހާމަވެގެންދާ ކަމަށްވެސް ވިދާޅުވިއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Minister Saeed

އިޤްތިޞާދު ނުރައްކަލަށް ހުށައެޅޭނެ ވާހަކަ ދައްކަނީ އިދިކޮޅުން ދައްކާނެ އިތުރު ވާހަކައެއް ނެތުމުން: ސަޢީދު

BeFunky collage (1)

ޕީއެންސީގެ ނައިބު ރައީސްގެ މަޤާމަށް ސަޢީދާއި ޝުޖާޢު ވާދަކުރައްވަނީ

HNZw DCaQAAUQD

އައްޑޫއާއި ފުވައްމުލަކުގެ ނޭޗަރ ޕާކް އިތުރަށް ތަރައްޤީކުރަނީ

dr Muthalib

އައްޑޫ ލިންކް ރޯޑު ތަރައްޤީކުރަނީ މަގު އެއްކޮށް ބަންދު ނުކޮށް: މުއްޠަލިބު