ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިޤްތިޞާދު ނުރައްކަލަށް ހުށައެޅޭނެ ވާހަކަ ދައްކަނީ އިދިކޮޅުން ދައްކާނެ އިތުރު ވާހަކައެއް ނެތުމުން: ސަޢީދު

Minister Saeed
TTH_Ads
STO_Ads
Advertisement

ބައެއް ބޭފުޅުން ސިޔާސީ މަޤުސަދުތައް ހާސިލުކުރުމަށް ރާއްޖޭގެ އިޤްތިސާދު ނުރައްކަލަށް ހުށަހެޅޭފަދަ ދޮގު ވާހަކަތައް ފަތުރަމުންދާތީ، އެފަދަ ކަންކަން ނުކުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އެދިވަޑައިގެންފިއެވެ.

ސޯޝަލް މީޑއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ސަޢީދު ވިދާޅުވީ، ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދަނީ ހަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ. ވަޒީރު ވިދާޅުވީ، ކޮންމެ އަހަރެއްގެވެސް އޮގަސްޓް މަހުގެ 12 އަދި 13 ވަނަ ދުވަހާ ދިމާކޮށް، އެމްޑީޕީން ސިޔާސީ ހަލަބޮލިކަން އުފެއްދުމަށް މަސައްކަތްކުރާކަމަށެވެ. އިދިކޮޅު ފަރާތްތަކުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި މިހާރުވެސް ޕެޓްރޯލް ލީޓަރެއް 16.1 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް 17.54 ރުފިޔާއަށް ލިބެން ހުރި ކަމަށެވެ.

މިއީ ދުނިޔޭގެ ބާޒާރާއި އަދި ސަރަޙައްދީ އެހެން ޤައުމުތަކުގެ އަގުތަކާ އަޅާބަލާއިރު ހެޔޮ އަގުތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، ސިންގަޕޫރުގައި ޕެޓްރޯލް ލީޓަރެއްގެ އަގު 40.9 ރުފިޔާގައި އުޅޭއިރު، އިންޑިއާގައި އެ އަގު ހުރީ 18.8 ރުފިޔާގައެވެ. އަދި ޑީސަލަށް ބަލާއިރު، ސިންގަޕޫރުގައި 41.63 ރުފިޔާއަށް ލީޓަރެއް ލިބޭއިރު، ދުބާއީގައި އެ އަގު ހުރީ 16.1 ރުފިޔާގައެވެ.

HajjCop_ads
Advertisement

ސަޢީދު މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، ނިމިދިޔަ ސަރުކާރުން 8 ބިލިއަން ރުފިޔާ އިތުރަށް ޗާޕުކޮށް، ދިވެހި ފައިސާގެ އަގު އިންތިހާއަށް ވައްޓާލާފައިވާ ދަނޑިވަޅެއްގައިވެސް، މި ސަރުކާރުން ދަނީ ތަކެތީގެ އަގުތައް ހިފެހެއްޓުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. މީގެއިތުރުން، އާންމު ކާބޯތަކެތީގެ އަގުތަކާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ފަތުރަނީ ކަނޑައެޅިގެން ދޮގު މަޢުލޫމާތުކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ ބާޒާރުގައި ތަކެތި ހުރި އަގާއި އިދިކޮޅުން ބުނާ އަގާ ދެމެދު ބޮޑު ތަފާތެއް ހުރި ކަމަށެވެ. ޤައުމުގެ އިޤްތިޞާދީ ހަމަޖެހުން ނަގާލައި، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށްޓަކައި، ވެރިކަން ކުރައްވާފައިވާ ބޭފުޅުން މިފަދަ ޒިންމާދާރުކަން ކުޑަ ވާހަކަތައް ދެއްކެވުމަކީ ހިތާމަހުރި ކަމެއް ކަމަށްވެސް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ ރާއްޖޭގެ އިޤްތިސާދު ކޮޅަށް ޖެހުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު އެކުރާ މަސައްކަތްވެސް އިދިކޮޅު ފަރާތްތަކަށް ކަމުނުދާކަމަށެވެ. އެގޮތުން، ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމާއި، ރެސިޑެންސީ ވިސާގެ ނިޒާމު ތައާރަފުކުރުމުގެ އިތުރުން ޓައުންޝިޕް ފަދަ ބިޔަ މަޝްރޫޢުތަކަށް އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އިޤްތިސާދު ރަނގަޅުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ކަމުނުދާނަމަ އެކަމަށް އޮތް އެހެން ހައްލުތަކަކީ ކޮބައިކަން އޮޅުންފިލުވައިދިނުމަކީ މުހިންމު ކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ މަޤްޞަދަކީ ހަޤީޤަތާ ޚިލާފު ސިޔާސީ ވާހަކަތައް ފެތުރުންކަމަށެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

BeFunky collage (1)

ޕީއެންސީގެ ނައިބު ރައީސްގެ މަޤާމަށް ސަޢީދާއި ޝުޖާޢު ވާދަކުރައްވަނީ

HIL0yzSa4AE8LTG

ފިކުރު ތަފާތުވިނަމަވެސް އިޤްތިޞާދީ ތަރައްޤީގައި މަސައްކަތްކުރަންވާނީ ގުޅިގެން: ސަޢީދު

PNC Saeed

ވާދަވެރި ސިޔާސީ ޕާޓީއެއް ނެތުމަކީ އުނިކަމެއް: ސަޢީދު

Saeed

އަންނަ ހަފްތާގައި 2500އަށްވުރެ ގިނަ ކޮންޓެއިނަރުގެ މުދާ ރާއްޖެ ގެނެވޭނެ: ސަޢީދު