ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ދަނީ ދަށްވަމުން: ސަޢީދު

Saeed
TTH_Ads
STO_Ads
Maldivian_Ads
Advertisement

ބްލެކްމާކެޓުގައި ޑޮލަރު ވިއްކުން ހުއްޓުވުމަށް ސަރުކާރުން އެޅި ފިޔަވާޅުތަކާއެކު ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ދަށްވަމުންދާކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، އަރޓިފިޝަލީ މެނިޕިއުލޭޓްކޮށްގެން ޑޮލަރުގެ އަގު ވަރަށް ބޮޑަށް އުފުލަން އެކަމުގައި އުޅޭ ފަރާތްތަކުން މަސައްކަތްކޮށްފަވާކަމަށެވެ. ބޭރުފައިސާ މާރުކުރުމުގެ ލައިސަންސާއި ހުއްދަތައް އޮތްގޮތާއި ޚިލާފަށް ރަސްމީ ރޭޓުގެ ބޭރުން ފައިސާ މާރުކުރުމުގެ މައްސަލަ އޮތީ ވަރަށް ބޮޑުވެފައިކަމަށާއި، ނަމަވެސް ބޭރު ފައިސާއާއި ގުޅޭ ޤާނޫނަށް ގެނައި ބަދަލުތަކާއި ބްލެކް މާކެޓް ހުއްޓުވުމަށް އެޅި ފިޔަވަޅުތަކާއެކު މިހާރު ބޭރު ފައިސާ ބްލެކް މާކެޓްގައި ބޮޑެތި އަގުގައި ވިއްކާ އަގު ދަށްވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

މިހާރު މަޢުލޫމާތު ލިބޭގޮތުން، ސަރުކާރު ހަވާލުވިއިރު ހުރި ރޭޓަށްވުރެ ދަށަށް ގޮސްފަވަނީ. ކުރިން ނިމިދިޔަ ސަރުކަރުގައި ހުރި މިންވަތަށް އޭ ރޭޓާ ބޭންޑާ ހަމައަށް ޖެހިއްޖެ. މިއީ ކުރިއެރުމެއް.

HajjCop_ads
Advertisement

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ބައެއް ބޮޑެތި ކުންފުނިން މުސާރަ ދޭއިރުވެސް ބްލެކް މާކެޓް ރޭޓަށް ރިޢާޔަތްކޮށް މުސާރަ ދެމުންދިޔަކަން ހާމަވާކަމަށެވެ. މިކަން ޙައްލުކުރުމަށް ބޭރު ފައިސާގެ އާމްދަނީ ލިބޭ މީހުންނާ ވަރަށް ގާތުން މަސައްކަތް ކުރަމުންދާކަމަށާއި، ސަރުކާރުން މިކުރާ މަސައްކަތް ހުއްޓާނުލާނެކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

މާކެޓުގައި ޑޮލަރު ވިއްކާ ވިޔަފާރިތައް ހުޓުވުމަށް ތަންފީޒީ އިދާރާތަކުން ވަނީ ޚާއްސަ އޮޕަރޭޝަންތަކެއް ފަށާފައެވެ. ބްލެކް މާކެޓުގައި ޑޮލަރު ވިއްކި ބައެއް ތަންތަނުގެ ލައިސަންސް މިހާރު ވަނީ ބާޠިލުކޮށްފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Bunkering

ބަންކަރިންގެ ޚިދުމަތުން 80 މިލިޔަން ޑޮލަރުގެ އާމްދަނީއެއް

386588 3 ae9c9ed42916970a8bdc2a4fc1196e2260994957

ބައު އުޅަނދުތައް ނައްތާލާނީ ބަދަލުދީފައި

Big sfzjxXwHrSgtcVgiyXKQPQeBW

ޓްރެފިކް މައްސަލަތައް ޙައްލުކުރުމަށް ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރަނީ

Large 158608345655sRiB

ދިވެހިންނަށް ޚާއްސަ ދާއިރާތަކުގައި ހަރަކާތްތެރިވި ބޭރުގެ 28 ކުންފުންޏެއް އުވާލައިފި