ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބަރާބަރަށް ފީ ދައްކާ، ބިދޭސީން ގެންނަ ކުންފުނިތަކުގެ ވައިޓް ލިސްޓު އެކުލަވައިލަނީ

STO_Ads
TTH_Ads
Maldivian_Ads
Advertisement

ބަރާބަރަށް ފީ ދައްކާ ބިދޭސީން ގެންނަ ކުންފުނިތަކަށް ވައިޓް ލިސްޓެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މި ދައުރު ނިމޭއިރު ރައްޔިތުން ގަބޫލުކުރާ އަދި ބައިނަލްއަގްވާމީ މިންގަނޑުތަކުން ބަލާއިރު ވެސް އެންމެ ރަނގަޅަށް ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ އެއް ގައުމުގެ ގޮތުގަ ރާއްޖެ ކަނޑައެޅިގެންދާނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ ބަރާބަރަށް ފީ ދައްކާ އަދި ހިއުމަން ޓްރެފިކިންގެ އެއްވެސް މައްސަލައެއް ސިސްޓަމުން މިހާތަނަށް ފެންނަނަށް ނެތް ކުންފުނިތަކަށް ވައިޓް ލިސްޓެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

HajjCop_ads
Advertisement

“މި ވައިޓް ލިސްޓަކީ ސިސްޓަމް ލެވެލްގެ ލިސްޓެއް. ބަރާބަރަށް މީރާއަށް ދައްކަން ޖެހޭ ފީ ދައްކާ ރަޖިސްޓާ ކުރެވި ބަރާބަރަށް ރަނގަޅަށް ވިޔަފާރިކުރާ ކުންފުންޏެއް ކަމަށްވެއްޖެ ނަމަ އަޅުގަނޑުމެންގެ ސިސްޓަމުން އެ ފަރާތުން ހިދުމަތަކަށް ރިކުއެސްޓްކޮށްފި ނަމަ އޮޓޯއިން އެ ހިދުމަތް އެކްސެޕްޓް ކުރެވިގެންދާނެ ގޮތެއް އަޅުގަނޑުމެން އެބަ ހަދަން. މިއީ މޯލްޑިވްސް 2.0ގެ ދަށުން އަޅުގަނޑުމެން ލުކްފޯވާޑް ކުރާ ކަންކަމަކީ،”. އިހުސާން

ދެމެހެއްޓެނިވި ގޮތެއްގައި ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމުގަ މޯލްޑިވްސް 2.0ގެ ދައުރާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިތުރަށް ވަޒީރު ވިދާޅުވީ މޯލްޑިވްސް ޑޭޓާ އެކްސްޗޭންޖްގެ ސަބަބުން ވަރަށް ގިނަ ކަންކަން ހައްލުވެގެންދާނެ ކަމަށެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ “އޮޕަރޭޝަން ކުރަނގި”ގެ ތިންވަނަ ފިޔަވަހީގެ ދަށުން ކުރިއަށްދިޔަ އޮޕަރޭޝަނުގައި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އައި 254 ބިދޭސީން ވަނީ ހައްޔަރުކޮށްފަ އެވެ.

މި އޮޕަރޭޝަންގެ ތިންވަނަ ފިޔަވަހީގެ ދަށުން ބަޔޯމެޓްރިކްސް މައުލޫމާތު ނުދީ އުޅޭ ބިދޭސީން ހޯދާނެ އެވެ.

“އޮޕަރޭޝަން ކުރަނގި”ގެ ތިންވަނަ ފިޔަވަހީގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީން ހޯދައި މިއަހަރުގެ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހުގެ ކުރިން ޑީޕޯޓުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރިއަށެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HRYGZ5DaUAAEvMk

މާލެ ސަރަހައްދުން 426 ބިދޭސީން ބަލާ ފާސްކޮށް 13 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

5 Suspects 6f43f333ac

މަސްތުވާތަކެއްޗާއެކު ގެސްޓްހައުސްއަކުން 9 ބިދޭސީއަކު ހައްޔަރުކޮށްފި

bidaysee workers

ބިދޭސީންގެ މުސާރަ ބޭންކު އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށްފި

bidaysee workers

ބިދޭސީންނަށް އެއް ސިމްކާޑަށްވުރެ އިތުރަށް ދޫނުކުރާ ގޮތަށް ހަދަނީ