ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޚަބަރާއި މަޢުލޫމާތުގެ ސައްހަކަމާއި އިތުބާރު ދެމެހެއްޓުމަކީ މާލީ ނިޒާމާއި ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ކަމެއް: ޝަރީފް

WhatsApp Image 2026 05 12 at 15.12.16
TTH_Ads
STO_Ads
Advertisement

މިއަދުގެ ޑިޖިޓަލް މާހައުލުގައި މަޢުލޫމާތު ފެތުރޭ ދުވެލި ހަލުވިވެފައިވާއިރު، ޚަބަރާއި މަޢުލޫމާތުގެ ސައްހަކަމާއި އިތުބާރު ދެމެހެއްޓުމަކީ މާލީ ނިޒާމާއި މުޅި އިޤްތިޞާދުގެ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. މިއަދު ވިލާނޯޓިކާގައި މިއަދު ފެށި އޭޝިއާ މީޑިއާ ސަމިޓްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ މާލީ ދާއިރާއާއި މީޑިއާގެ ދާއިރާއަކީ އެއް ދާއިރާއެއް އަނެއް ދާއިރާއަކާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ދެ ދާއިރާ ކަމަށެވެ.

މާލީ ނިޒާމަށް އޮންނަ އިތުބާރު މީޑިއާއާ ގުޅިފައިވާކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ އާންމުންނާ ހަމައަށް ފޯރުކޮށްދެވޭ މަޢުލޫމާތުގެ ފެންވަރާއި ސައްހަކަމުގެ މައްޗަށް ބިނާކޮށް، މާލީ ނިޒާމަށް އޮންނަ އިތުބާރު ވަރުގަދަވުން ނުވަތަ އެ އިތުބާރަށް ލޮޅުން އެރުން ބިނާވެގެންވާކަމަށެވެ. މިއީ ހަމައެކަނި ކަސްޓަމަރުންނާއި ވިޔަފާރިތަކަށް މުހިންމު ކަމެއް ނޫން ކަމަށާއި، މީގެ ސަބަބުން ގައުމުގެ އިޤްތިޞާދުގެ ބިންގާ ކަމުގައިވާ ބައިނަލްއަގުވާމީ ގުޅުންތަކަށްވެސް އަސަރުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ތެރޭގައި ކޮރެސްޕޮންޑެންޓް ބޭންކިންގ ގުޅުންތަކާއި، ބައިނަލްއަގުވާމީ އިންވެސްޓަރުންނާއި، ތަރައްޤީއަށް މަސައްކަތްކުރާ އިދާރާތައް ހިމެނެއެވެ.

މީޑިއާގެ ދައުރަކީ ނުހަނު ބޮޑު މަސްއޫލިއްޔަތުތަކެއް އެކުލެވިގެންވާ ކަމެއްކަން ފާހަގަކުރައްވަމުން ސީއީއޯ ވިދާޅުވީ، ޚަބަރުތަކާއި މަޢުލޫމާތު ވަގުތުން އަދި ސައްހަކަމާއެކު ފެތުރުމަކީ އިތުބާރު ދެމެހެއްޓުމަށާއި ހަމަޖެހުން ޤާއިމުކުރުމަށް މަގުފަހިކޮށްދޭ ކަމެއް ކަމަށެވެ. “ހަގީގަތާ ޚިލާފު މަޢުލޫމާތާއި ކަށަވަރުނުކޮށް ފަތުރާ ވާހަކަތަކުގެ ސަބަބުން، އެއްވެސް ބޭނުމެއްނެތް ނުތަނަވަސްކަން އުފެދި، އޭގެ ނޭދެވޭ އަސަރު އެންމެ މުއައްސަސާއަކަށް ކުރުމަށްވުރެ ބޮޑަށް މުޅި މުޖުތަމައަށް ފޯރުމުގެ ފުރުސަތު އޮވޭ،” ޝަރީފް ވިދާޅުވިއެވެ.

HajjCop_ads
Advertisement

ޓެކްނޮލޮޖީގެ ސަބަބުން މުއާސަލާތީ ގުޅުންތަކަށް ހަލުވިކަން އައި ނަމަވެސް، މަޢުލޫމާތުގެ ތެދުވެރިކަމާއި ފަންނީ އަޚުލާޤު ހިފެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ދެކިވަޑައިގަންނަވައެވެ. ޝަރީފް ވިދާޅުވި ގޮތުގައި ޑިޖިޓަލް ޓްރާންސްފޯމޭޝަނަކީ ހަމައެކަނި ޓެކްނޮލޮޖީއާ ގުޅުންހުރި ކަމެއް ނޫނެވެ. އޭގެ ހަގީގީ މަޤުސަދަކީ އެންމެން ބައިވެރިކުރުމާއި، ޚިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެ މަގު ފަހިކުރުމާއި، އިތުބާރު ޤާއިމުކުރުމުގެ އިތުރުން، އެމީހަކު ދިރިއުޅޭ ތަނަކަށް ބެލުމެއްނެތި ކޮންމެ މީހަކަށްމެ ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މީޑިއާ ބަލައިގަންނަނީ ޤައުމީ ފެންވަރުގެ މުހިންމު ބައިވެރިއެއްގެ ގޮތުގައެވެ. ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއާއި މީޑިއާގެ ކުރިއެރުވުމަށް ބޭންކުން ވަނީ މާލީ އެހީތެރިކަމާއި ސްޕޮންސަރޝިޕްތަކުގެ އިތުރުން ތަފާތު އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.ޕީއެސްއެމްއާއި އޭޝިއާ ޕެސިފިކް އިންސްޓިއުޓް ފޯ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް އިންތިޒާމްކޮށްގެން ބާއްވާ 21 ވަނަ އޭޝިއާ މީޑިއާ ސަމިޓަކީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ފުރަތަމަ މީޑިއާ ސަމިޓެވެ. މި ސަމިޓްގެ މެއިން ސްޕޮންސަރއަކީ ބޭންކް އޮފް މޯލްޑިވްސް އެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

ބީއެމްއެލްގެ ސީއީއޯ ޝަރީފް އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ޗެއާމަންގެ މަގާމަށް އައްޔަންކޮށްފި

bml

2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ބީއެމްއެލް އިން ހަރުދަނާ މާލީ ނަތީޖާއެއް ހޯދައިފި

bml

ސަފާރީތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް ބީއެމްއެލްއިން ތައާރަފްކޮށްފި

WhatsApp Image 2026 07 22 at 11.32.22

ބީއެމްއެލް އެޕާއި އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް ޚިދުމަތްތަކަށް އެދި ހުށަހެޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްފި