ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭ ސަރަހައްދުގައި މިހާރު ލިބެން ހުރި ބިމުން 10،700 ހައުސިންގ ޔުނިޓު އެޅޭނެ: މުއްތަލިބު

DSC
STO_Ads
TTH_Ads
Advertisement

މާލޭ ސަރަހައްދުގައި މިހާރު ލިބެން ހުރި ބިމުން 10،700 ހައުސިންގ ޔުނިޓު އެޅޭނެ ކަމަށް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މުއްޠަލިބު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އިތުރު ހައުސިންގ މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ ބިން ހޯދުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ދައުލަތުގެ ދަރަނި ހުރި ގޮތުން ބޭރުގެ އެހީއާއި ބޭރު ފައިސާ ހޯދުމުގައި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. އެހެންކަމުން، ހައުސިންގ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ އެހެން ގޮތްގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.

HajjCop_ads
Advertisement

މުއްޠަލިބު ވިދާޅުވީ، މާލޭ ސަރަހައްދުގައި 10،700 ހައުސިންގ ޔުނިޓެއްގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، އޭގެ ތެރެއިން 3،260 ޔުނިޓެއްގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. ކުރިން 12،000 ޔުނިޓު އެޅޭނެ ކަމަށް ލަފާކުރި ނަމަވެސް، މިވަގުތު ހުރި ބިމުން އެޅެން ހުރީ 10،700 ޔުނިޓު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިވަގުތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި އިތުރު ބިން ނެތް ނަމަވެސް، އެހެން ބޭނުންތަކަށް ކަނޑައަޅާފައިވާ ބިންތައް ހައުސިންގއަށް ބޭނުން ކުރެވޭތޯ އެޗްޑީސީއާ ގުޅިގެން ބަލަމުންދާ ކަމަށެވެ. އަދި މާލެ ސިޓީގެ ތެރެއިން ހައުސިންގ މަޝްރޫޢުތަކަށް ބޭނުންކުރެވިދާނެ ބިންތައް ދެނެގަތުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ބިން ހިލޭ ދީ، ލުއިތަކެއް ދީފިނަމަ، ކޮންޓްރޯލް ކުރެވިފައިވާ އަގުތަކެއްގައި ހައުސިންގ ޔުނިޓުތައް އަޅައި ވިއްކުމަށް އަމިއްލަ ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މުއްޠަލިބު ވަނީ މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ ތަފުސީލު ހިއްސާކުރައްވާފައެވެ.

  • ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހައުސިންގ ޕްރޮޖެކްޓުގެ ދަށުން ގާތްގަނޑަކަށް 4،000 ހައުސިންގ ޔުނިޓު އެޅުން
  • ދިވެހި ކޮންޓްރެކްޓަރުންގެ ހުށަހެޅުންތަކުގެ ދަށުން ކޮންޓްރޯލް އަގުތަކެއްގައި 2،000 ހައުސިންގ ޔުނިޓު އެޅުން
  • އިތުރު 540 ޔުނިޓަކަށް ބީއެމްއެލް މެދުވެރިކޮށް ފައިސާ ހަމަޖެއްސުން
  • ޗައިނާގެ ހިލޭ އެހީގެ ދަށުން 500 ހައުސިންގ ޔުނިޓު އެޅުން
  • ސައުދީ ފަންޑުގެ އެހީގައި 400 ޔުނިޓު ތަރައްޤީ ކުރުން
  • އަދި އިންޑިއާގެ ކްރެޑިޓް ލައިންގެ ދަށުން ގުޅީފަޅުގައި 4،000 ޔުނިޓު އެޅުމަށް ބޭނުންވާ ލިޔެކިއުންތައް ނިންމުން

މީގެ އިތުރުން، އިތުރު 1،000 ހައުސިންގ ޔުނިޓު އެޅުމާ ގުޅޭގޮތުން މަޝްވަރާތައް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ތިލަމާލެ ބްރިޖުގައި އަޑިގުޑަންތަކެއް ހުރިކަމަށް ދެކެވޭ ވާހަކަތައް މިނިސްޓަރު މުއްތަލިބު ދޮގުކުރައްވައިފި

43

މާލެ ސަރަހައްދުގައި ގިނަވެގެން ދެން އެޅޭނީ 12،000 ފްލެޓް: މުއްތަލިބު

43

މާލެއާއި އައްޑޫ ސިޓީ ކައުންސިލަށް މިނިސްޓަރު މުއްޠަލިބު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ

WhatsApp Image 2026 04 15 at 09.25.29

ސަރުކާރުން ޚިދުމަތް ދެނީ ރައްޔިތުން ވޯޓުދޭ ގޮތަކަށް ބަލައިގެން ނޫން: މިނިސްޓަރު މުއްޠަލިބު