ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިޔާ ވަހި ފައިނޭންސް ސްކީމްގެ ދަށުން އެއް ބިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށްފި

dr muthalib
STO_Ads
TTH_Ads
Advertisement

އަމިއްލަ ގޯތީގައި ގެ އެޅުމަށް އެހީތެރިވެދިނުމުގެ ގޮތުން، ހިޔާ ވަހި ފައިނޭންސް ސްކީމްގެ ދަށުން އެއް ބިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށްފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ މި އެއް ބިލިއަން ރުފިޔާގެ ލޯންތަކަކީ ގާތްގަނޑަކަށް 850 މީހުންނަށް ދިނުމަށް އެޕްރޫވްކޮށްފައިވާ ލޯންތަކެއް ކަމަށެވެ.

“މިހާރުވެސް ޕްރޮޕޯސަލްތަކެއް ލިބިފައެބަހުރި. ސަރުކާރު ސަބްސިޑައިޒްކޮށްފައި އެފަރާތްތަކުން ރައްޔިތުންނަށް ވިއްކާ ގޮތަށް. ބޭންކް ފައިނޭންސް މެދުވެރިކޮށް ވިއްކާގޮތަށް އެޅުމަށްޓަކައި. މިހާތަނަށް އެމީހެއްގެ އަމިއްލަ ގޯތީގައި އިމާރާތްކުރުމަށްޓަކައި އެއްބިލިއަން ރުފިޔާގެ ލޯން އެޕްރޫވްކޮށްފަ ހުރީ،” ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި އެވެ.

HajjCop_ads
Advertisement

ދިރިއުޅޭނޭ ބޯހިޔާވަހި ކަމެއް ނެތުމަކީ، ދިވެހިންނަށް ދިވާމެފައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ. އެހެންކަމުން ވަޒީރު ވިދާޅުވީ މި މައްސަލައަށް ހައްލެއް ގެނެސްދިނުމަށްޓަކައި ސަރުކާރުން އަންނަނީ އެކި މޮޑެލްތަކުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން ލޯނު ދިނުމަށާއި، އިމާރާތްތައް ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަން ފާހަގަކުރެއްވި އެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވީ ހިޔާވަހި ލޯންގެ ދެވަނަ ސްކީމައެއް ތައާރަފްކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާލަމުން ވަޒީރު ވިދާޅުވީ، ބޭރުގެ ފަރާތްތަކުން މި މަޝްރޫއުތަކަށް ލޯނު ނުލިބުމުން، އިތުރު އިނޮވޭޓިވް މޮޑެލްތައް ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މި މޮޑެލްތަކަށް ކޮންޓްރެކްޓަރުންނާއި، ޕްރައިވެޓް ސެކްޓަރާ ގުޅުވައިގެން ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަން ވިދާޅުވި އެވެ.

މެދު އިރުމަތީ ހަގުރާމާއިގެ ސަބަބުން، ރާއްޖެއަށް ދިމާވެފައިވާ ދަތި ހާލަތުގައިވެސް ވަރަށް ގިނަ ރައްޔިތުންތަކަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށް ގަބޫލު ކުރައްވާކަމަށް ވަޒީރު ވިދާޅުވި އެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޑްރާފްޓު އެޕްލިކޭޝަނާއެކު ފްލެޓަށް އެދި މިހާތަނަށް 37000އަށްވުރެ ފޯމު

DSC

މާލޭ ސަރަހައްދުގައި މިހާރު ލިބެން ހުރި ބިމުން 10،700 ހައުސިންގ ޔުނިޓު އެޅޭނެ: މުއްތަލިބު

43

ތިލަމާލެ ބްރިޖުގައި އަޑިގުޑަންތަކެއް ހުރިކަމަށް ދެކެވޭ ވާހަކަތައް މިނިސްޓަރު މުއްތަލިބު ދޮގުކުރައްވައިފި

43

މާލެ ސަރަހައްދުގައި ގިނަވެގެން ދެން އެޅޭނީ 12،000 ފްލެޓް: މުއްތަލިބު