ނ. ފޮއްދޫގައި ކުޑަކުދިންގެ ޕާކެއް ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.
މި މަޝްރޫއުގެ ތެރެއިން، އެ ސަރަހައްދުގައި ޕޭވްމަންޓް އެޅުމުގެ މަސައްކަތް އެމްޓީސީސީން މިހާރު ދަނީ ކުރަމުންނެވެ.
މި މަޝްރޫއަކީ ރަށްރަށުގައި ކުޑަކުދިންގެ ޕާކުތައް ގާއިމުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކުރެވުނު މަޝްރޫއުތަކުގެ ތެރެއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ.

އެޗްޑީސީއާ ހަވާލުކުރެވިގެން ކުރިއަށްދާ މުޅި މަޝްރޫއުގެ ދަށުން ރާއްޖޭގެ 32 ރަށެއްގައި ކުޑަކުދިންގެ ޕާކު ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެ ތެރޭގައި ހއ. މޮޅަދޫ، ހއ. ފިއްލަދޫ، ހދ. ހަނިމާދޫ، ހދ. ނޮޅިވަރަމް، ށ. ކަނޑިތީމު، އަދި ށ. މިލަންދޫ ހިމެނެއެވެ. މީގެ އިތުރުން ނ. ޅޮހި، ރ. ހުޅުދުއްފާރު، ރ. މާކުރަތު، ރ. ކިނޮޅަސް، ރ. އިންނަމާދޫ، ރ. އިނގުރައިދޫ، ރ. ފައިނު، ބ. ފެހެންދޫ، އަދި ބ. ކުޑަރިކިލު ވެސް ހިމެނެއެވެ.
އަދި މެދު ރާއްޖެތެރޭގެ ރަށްތަކުގެ ތެރެއިން ވ. ފުލިދޫ، ވ. ކެޔޮދޫ، ދ. މީދޫ، ތ. ވޭމަންޑޫ، ތ. ތިމަރަފުށި، ތ. ގުރައިދޫ، ލ. މާބައިދޫ، ލ. ދަނބިދޫ، އަދި ލ. މުންޑޫގައި ވެސް ޕާކުތައް ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ.
ދެކުނުގެ އަތޮޅުތަކުން ގއ. ވިލިނގިލި، ގއ. ކަނޑުހުޅުދޫ، ގދ. ގައްދޫގެ އިތުރުން އައްޑޫ ސިޓީގެ ހުޅުދޫ، ހިތަދޫ، މަރަދޫ ފޭދޫ، އަދި ފޭދޫގައި ވެސް ކުޑަކުދިންގެ ޕާކުތައް ގާއިމުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
މި މަޝްރޫއުތަކުގެ މައިގަނޑު މަގުސަދަކީ ރަށްރަށުގެ ކުޑަކުދިންނަށް އާއިލާތަކާއެކު ހިތްފަސޭހަކަމާއެކު ވަގުތު ތާވަލުކޮށް، ކުޅިވަރާއި އިޖުތިމާއީ ހަރަކާތްތައް ހިންގޭނެ ރައްކާތެރި މާހައުލެއް ބިނާކޮށްދިނުމެވެ.










ކިޔުންތެރިންގެ ހިޔާލު