ނ. ފޮއްދޫގައި ތަރައްޤީކުރާ ޕޮލިސް ޕޯސްޓް އިމާރާތްކުރުމުގެ މަޝްރޫޢުގެ 82 އިންސައްތަ މަސައްކަތް ނިމި، މިހާރު ދޮރުތައް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން އިމާރާތުގެ ފިނިޝިން މަސައްކަތްތައް ހިނގަމުންދާއިރު، ދޮރުތައް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދަނީ ބާރު ދުވެލީގައެވެ.
މީގެއިތުރުން، 344 މީހުންގެ އާބާދީއެއް އޮންނަ ފޮއްދޫގައި އެމްޓީސީސީން އެހެނިހެން ތަރައްޤީގެ މަޝްރޫޢުތަކެއްވެސް އަންނަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން އެ ރަށު ސިއްޙީ މަރުކަޒަށް ދެ ބުރީގެ އައު އިމާރާތެއް އިތުރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

އޭގެއިތުރުން އެ ރަށުގައި އައުޓްޑޯ ޖިމެއް ތަރައްޤީކުރުމާއި، ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތްވެސް އެމްޓީސީސީން އަންނަނީ ކުރިއަށްގެންދަމުންނެވެ.










ކިޔުންތެރިންގެ ހިޔާލު