ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑްރާފްޓު އެޕްލިކޭޝަނާއެކު ފްލެޓަށް އެދި މިހާތަނަށް 37000އަށްވުރެ ފޯމު

DSC
STO_Ads
TTH_Ads
Maldivian_Ads
Advertisement

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 37،000 ފޯމު ހުށައަޅާފައިވާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. އެއީ ޑްރާފްޓް އެޕްލިކޭޝަނާއެކުކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއްޠަލިބް ވިދާޅުވީ މިހާތަނަށް ބޯހިޔާވަހިކަމަށް އެދި 20،000 ފޯމު ލިބިފައިވާކަމަށެވެ. އަދި އެކަމަށް އެދި ހުށަހެޅުމުގެ މަރުހަލާގައި 17،000 ފޯމު ވާކަމަށެވެ. މިނަންބަރުތަކުން ދައްކުވައިދެނީ ބޯހިޔާވަހިކަމުގެ ދަތިކަން ނުވަތަ ބޯހިޔާވަހިކަމަށް މީހުން ބޭނުންވެފައިވާ މިންވަރެވެ. މިފަހަރުގެ ޕްރޮގްރާމުގައި ބޯހިޔާވަހިކަމަށް އެދެވެނީ ދެމަފިރިންގެ ތެރެއިން އެއްވެސް މީހެއްގެ ބޯހިޔާވަހިކަމެއް ނެތް ގޮތަށް އޮތުމުން ކަމަށާއި ކޮންޓްރޯލްކޮށްގެން ކުރިއަށް ގެންދާއިރުވެސް އެހާ ބައިވަރު އެޕްލިކޭޝަން ހުށަހެޅުމަކީ ބޯހިޔާވަހިކަމަށް މީހުން ބޭނުންޖެހިފައިވާ މިންވަރު ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިފަހަރުގެ ޕްރޮގްރާމުގައި މި ލިބެނީ ދެމަފިރިންގެ ތެރެއިން އެއްވެސް ފަރާތެއްގެ ބޯހިޔާވަހިކަމެއް ނޫނީ ބިމެއް ނެތް ކަމަށްވާ ނަމަ. އެގޮތަށް ކޮންޓްރޯލްކޮށްގެން ކުރިއަށް ގެންދާއިރުވެސް މިހާ ބައިވަރު އެޕްލިކޭޝަންތައް ލިބުން ދޭހަކޮށްދެނީ އެކަމަށް ބޭނުންވެފައިވާ ފަރާތްތައް ގިނަކަން.

HajjCop_ads
Advertisement

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް 2008 ވަނަ އަހަރުން ފެށިގެން އެކި ސަރުކާރުތަކުން މަސައްކަތްކުރަމުން އައިކަން ފާހަގަކުރައްވާ އެ މަޝްރޫޢުތަކުގެ އަދަދުތައް ވެސް އާންމުކުރައްވާފައެވެ. އެގޮތުން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޗައިނާގެ އެގްޒިމް ބޭންކުގެ އެހީގައި 1000 ފްލެޓު އަދި ޓާޓާއިން މާލޭގައި އިމާރާތްކުރި ފްލެޓުތަކާއި ކޮރަލްވިލް އިން އެޅި 180 ފްލެޓާ އެކު 1500 ފްލެޓު ހިމެނެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫޢުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ހަމަވާނެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މިއީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގޭ އެންމެ ބިޔަ ތަރައްގީގެ މަޝްރޫއު: މުއްތަލިބް

ބުރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުލިބޭ: މުއްތަލިބް

Ishan seefromthesky Fcopy8szaoM unsplash 1656475272927 zkg9nw

ޙައްލުނުވެހުރި ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކުރަން އޮފީސް ފޯރ ސިވިލް ރައިޓްސްއިން

Fahi flats

2028 ވަނަ އަހަރު ގިނަ ރައްޔިތުންތަކަކަށް ބޯހިޔާވަހިކަން ކަށަވަރުވާނެ: ރައީސް