ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ހިންގަނީ އަލަށް ގެ ގަންނަން ބޭނުންވާ ފަރާތްތަކަށް އެމަގު ފަހިކޮށްދިނުމަށް

dr muthalib
TTH_Ads
Maldivian_Ads
STO_Ads
Advertisement

އަތްފޯރާ އަގުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ އެންމެ ބޮޑު ބޭނުމަކީ އަލަށް ގެއެއް ގަންނަން ބޭނުންވާ ފަރާތްތަކަށް ހެޔޮ އަގެއްގައި ގެއެއް ގަނެވޭނެ މަގު ފަހިކޮށްދީ އާއިލީ ބޯހިޔާވަހިކަމަށް އިސްކަން ދިނުން ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ހުޅުމާލެ 3 ވަނަ ފިޔަވަހީގައި 1000 ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދުމަށް ކުރި އިޢުލާނާއި ގުޅިގެން “ލިންކްޑްއިން”ގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަސައްކަތްތައް ބިނާވެފައި އޮތީ މައިގަނޑު ދެ މޮޑެލަކަށްކަމަށެވެ. އެއީ ލޯން ނަގައިގެން އިޖުތިމަޢީ ބޯހިޔާވަހިކަމަށް ޢިމާރާތްކުރުމާއި އެޗްޑީސީ މެދުވެރިކޮށް ރިއަލް އެސްޓޭޓް އުސޫލުން ހިންގާ މަޝްރޫޢުކަމަށެވެ. މީގެތެރެއިން ރިއަލް އެސްޓޭޓް މަޝްރޫއުތަކުގައި ޔުނިޓްތައް ވިއްކާފައިވަނީ ކޮންޓްރޯލް އަގުތަކެއްގައިކަން ފާހަގަކުރެއްވިއެވެ. ނަމަވެސް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތްތައް ކުރިނަމަވެސް، ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް މޮޑެލްގައި އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް ނުވަތަ ފަސްޓް-ޓައިމް ހޯމްބަޔާސްއަށް މާބޮޑު އިސްކަމެއް ދެވިފައިނުވާކަންވެސް ވަޒީރު ފާޙަގަކުރެއްވިއެވެ.

ނަތީޖާއެއްގެ ގޮތުން ކޮންޓްރޯލް އަގުގައި ވިއްކި އެޕާޓްމަންޓްތަކުގެ ބޮޑު ބައެއް ގަނެފައިވަނީ، އަލަށް ގެދޮރު ބޭނުންވާ އާއިލާތަކުގެ ބަދަލުގައި، އިންވެސްޓްމަންޓެއްގެ ގޮތުން ނުވަތަ ކުއްޔަށް ދީގެން އާމްދަނީ ހޯދުމުގެ ބޭނުމުގައި މުދާ ގަންނަ ފަރާތްތަކުން.

ގެދޮރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

HajjCop_ads
Advertisement

ހުޅުމާލެ 3 ވަނަ ފިޔަވަހީގައި އެޅުމަށް ހަމަޖެހިފައިވާ  1000 ހައުސިން މަޝްރޫޢުގެ ދަށުން ފަސް ބިމެއްގައި ހައުސިންގް ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ކޮންމެ ބިމެއްގައި 200 ހައުސިންގ ޔުނިޓެވެ. މި މަޝްރޫޢުގެ ދަށުން އިމާރާތްކުރާ ތަންތަނުގެ ތެރެއިން 70 އިންސައްތައަކީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 30 މަސްދުވަހުގެ މުއްދަތެކެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބުރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުލިބޭ: މުއްތަލިބް

Ishan seefromthesky Fcopy8szaoM unsplash 1656475272927 zkg9nw

ޙައްލުނުވެހުރި ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކުރަން އޮފީސް ފޯރ ސިވިލް ރައިޓްސްއިން

Fahi flats

2028 ވަނަ އަހަރު ގިނަ ރައްޔިތުންތަކަކަށް ބޯހިޔާވަހިކަން ކަށަވަރުވާނެ: ރައީސް

776985181 1470305708464751 4024787492857494583 n

36 ރަށެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އަންނަނީ ހިންގަމުން