ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

36 ރަށެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އަންނަނީ ހިންގަމުން

776985181 1470305708464751 4024787492857494583 n
STO_Ads
Maldivian_Ads
TTH_Ads
Advertisement

މި ސަރުކާރު އައިފަހުން 36 ރަށެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގުމަށް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައިވާކަމަށް ގޮދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، ކުރިން ފަށާފައިވާ މަޝްރޫޢުތަކާއިއެކު މިވަގުތު ރާއްޖޭގެ 54 ރަށެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވާ ކަމަށެވެ. އެއީ، ޖުމުލަ 8،588 ހައުސިން ޔުނިޓުގެ މަސައްކަތެވެ.

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި ފްލެޓް އެޅުމާއި، ރޯހައުސް އަދި މާލީ ދަތިކަމުގެ ސަބަބުން އަމިއްލަ ބިންތަކުގައި ގެދޮރު އަޅަން ދަތިވެފައިވާ މީހުންނަށް ސަރުކާރުގެ މަޝްރޫޢުތަކުގެ ތެރެއިން ގެ އިމާރާތްކޮށްދިނުމުގެ މަޝްރޫޢުތައް ހިމެނެއެވެ. ނާޒިމް ވިދާޅުވީ، މީގެތެރެއިން ގިނަ މަޝްރޫޢުތަކަކީ މި ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ކަމަށެވެ.

HajjCop_ads
Advertisement

މި ސަރުކާރުން 36 ރަށެއްގައި އަލަށް ބޯހިޔާވަހިކަމުގެ މަޝްރޫޢު ވަނީ ފަށާފައި. އެއީ، 6،363 ހައުސިން ޔުނިޓުގެ މަސައްކަތް.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވިއެވެ.

ކުރީ ސަރުކާރުތަކުގައި ހަވާލުކޮށްފައިވާ 2،250 ހައުސިން ޔުނިޓުގެ މަސައްކަތާއެކު ޖުމުލަ 8،588 ހައުސިން ޔުނިޓުގެ މަސައްކަތް މިވަގުތު އަތޮޅުތަކުގައި އަންނަނީ ކުރަމުންނެވެ.

މި ސަރުކާރުން ވަނީ ރާއްޖޭގައި ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ 57 ރަށާއި، އެރަށްތަކުގައި އަޅާނެ ހައުސިން ޔުނިޓުގެ އަދަދުތައްވެސް އިޢުލާނުކޮށްފައެވެ. އެއީ، 12،000 އަށްވުރެ ގިނަ ހައުސިން ޔުނިޓެވެ. މި މަޝްރޫޢުތަކުގެ ތެރެއިން ގިނަ ރަށްތަކަށް ވަނީ، ކޮންޓްރެކްޓަރުން ހަމަޖައްސާފައެވެ. އަދި އެކި މަރުހަލާތަކުގައި ދަނީ މަސައްކަތްތައް ކުރަމުންނެވެ.

އިޢުލާންކޮށްފައިވާ ރަށްރަށުގެ ތެރެއިން 100 އިން ދަށުން ހައުސިން ޔުނިޓު އަޅަނީ، 20 ރަށެއްގައެވެ. މީގެއިތުރުން 12 ރަށެއްގައި 100 ހައުސިން ޔުނިޓު އަޅަން ހަމަޖެހިފައިވާއިރު، 2 ރަށެއްގައި 150 ހައުސިންގ ޔުނިޓު، 9 ރަށެއްގައި 200 ހައުސިން ޔުނިޓު އަދި 14 ރަށެއްގައި 200 އަށްވުރެ ގިނަ ހައުސިން ޔުނިޓު އެޅުމަށްވަނީ ހުޅުވާލާފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muthalib

ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތަކާ ގުޅޭ މަޢުލޫމާތު ދިނުމަށް ހެލްޕު ޑެސްކާއި ކޯލު ސެންޓަރެއް ޤާއިމްކޮށްފި

Minister Muthalib

އައު ހައުސިން މަޝްރޫޢުތަކާއެކު ބޯހިޔާވަހިކަމަށް އޮތް ކިޔު ކުޑަވާނެ: ޑރ. މުއްތަލިބު

hulhumale

ފްލެޓާއި ގޯއްޗަށް އެދި 58،505 އެޕްލިކޭޝަން

hulhumale

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި ބެލެނިވެރިންނަށް ފްލެޓަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި