ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެންމެންނަށް ބޯހިޔާވަހިކަން ސިޔާސަތު އިފްތިތާހުކޮށްފި

Ii
TTH_Ads
STO_Ads
Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު މިރޭ އިފްތިތާހުކޮށްފިއެވެ.

ބޯހިޔާވަހިކަން އެންމެންނަށް ގެ ނަމުގައި މި ސިޔާސަތު އިފްތިތާހުކޮށްދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ.

މި ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓް މާލެ ސަރަހައްދުން ދޫކުރާނެ ކަމަށް ވަޒީރު މުއްތަލިބު ވިދާޅުވިއެވެ.

MMA_Ads
HajjCop_ads
Advertisement

  • މި ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދޭނީ މައިގަނޑު ހަތަރު ކެޓަގަރީއަކުންނެވެ.
  • މާލީގޮތުން ފުދުންތެރި ފަރާތްތަކަށް ވިޔަފާރި އުޞޫލުން ހައުސިންގ ޔުނިޓާއި ގޯތި ގަތުމުގެ މަގުފަހި ކުރުމަށް ފުރުޞަތު ދެވޭނެ
  • މެދު ފަންތީގެ ޢާއިލާތަކަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެފޯޑަބަލް ހައުސިންއަށް ހާއްސަކޮށްގެން ޕްރޮޖެކްޓުތައް ހިންގޭނެ
  • އަމިއްލަ ބޯހިޔާވަހިކަމެއް ގަތުމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް ރެންޓް ޓު އޯން މޮޑެލްގެ ދަށުން ބޯހިޔާވަހިކަން ލިބޭނެ މަގު ތަނަވަސްވާނެ
  • އެންމެ ފަޤީރު ޙާލަތުގައިވާ ދިރިއުޅޭނެ ތަނެއް ނެތް ޢާއިލާތަކަށް ސަރުކާރުން ހަދާ އެސެސްމެންޓެއްގެ ތެރެއިން ބޯހިޔާވަހިކަން ލިބޭނެ ގޮތް ހަމަޖެހޭނެ

މި ސިޔާސަތުގެ ދަށުން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް މާލެ ސަރަހައްދުން ފްލެޓާއި ގޯތި ލިބޭނެއެވެ. އެގޮތުން އަތޮޅުތަކުގެ ރައްޔިތުންނަށް ފްލެޓް ލިބޭނީ މާލޭގައި ދިރިއުޅޭތާ 15 ވެފައިވާނަމައެވެ. އަދި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް ރަސްމާލެއިން ގޯތި ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

ރަސްމާލެއިން 15،000 ގޯތި ދޫކުރާނެކަން ރައީސް މުއިއްޒު ވަނީ ދާދިފަހުން އިއުލާންކުރައްވާފައެވެ.

މިކަމާ ގުޅޭ އުސޫލުތައް މިރޭ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާނެއެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hulhumale

ފްލެޓާއި ގޯއްޗަށް އެދި 58،505 އެޕްލިކޭޝަން

hulhumale

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި ބެލެނިވެރިންނަށް ފްލެޓަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

dr muthalib

ހިޔާ ވަހި ފައިނޭންސް ސްކީމްގެ ދަށުން އެއް ބިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށްފި

DSC

ޑްރާފްޓު އެޕްލިކޭޝަނާއެކު ފްލެޓަށް އެދި މިހާތަނަށް 37000އަށްވުރެ ފޯމު