ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕޭ ހާމަނައިޒް ކުރުމުގެ މަސައްކަތުގެ ތެރެއިން މުސާރަ ބޮޑުނުވި މުވައްޒަފުންނަށް މުސާރަ ބޮޑުވާނެ: ރައީސް

civil service office
STO_Ads
TTH_Ads
Advertisement

ސިވިލް ސާވިސް މުވައްޒަފުންގެ ޕޭ ހާމަނައިޒް ކުރުމުގެ މަސައްކަތުގެ ތެރެއިން މުސާރަ ބޮޑުނުވެ، ކުޑަވެފައިވާތީ އެ މައްސަލަ މިމަހު ހަލުކޮށް، މުސާރަ ބޮޑުވާނެ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ޕޭ ހާމަނައިޒޭޝަންގެ ތެރެއިން ގެއްލުންތަކެއް ނުވަތަ އެންމެ އެދެވޭ ގޮތަށް އެކަން ނުކުރެވި ތިބި މުވައްޒަފުން ތިބި ކަމަށެވެ. އެއީ ހަގީގަތް ކަމަށާއި ނަމަވެސް އެމަނިކުފާނު ނިންމެވީ އެގޮތަށް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

“އަޅުގަނޑު ހުރިހާ ރައްޔިތުންނަށް ވީ ވައުދަކީ މުސާރަ ބޮޑުކޮށްދޭން. އެހެން ނަމަވެސް އަޅުގަނޑަށް މި ފާހަގަވީ އެކި ސަބަބުތަކާ ހެދި ޕޭ ކޮމިޝަނުން، ޕޭ ހާމަނައިޒް ކުރިއިރުގަ މުސާރަ ބޮޑު ނުވެ އެހެން ނަމަވެސް ކުޑަވެސްވި ބައެއް ފަރާތްތައް ތިބިކަން އެނގިފަވަނީ” ރައީސް ވިދާޅުވިއެވެ.

HajjCop_ads
Advertisement

ރައީސް މުއިއްޒު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ– ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ، މިހާރު އެ ހުރިހާ މައްސަލައެއް ހައްލުކޮށް ނިމެމުން އަންނަ ކަމަށާއި މިފަހަރު މުސާރަ ލިބޭއިރު، މުސާރަ ބޮޑުނުވެ ތިބި ފަރާތްތަކުގެ މުސާރަތައް ބޮޑުވާނެ ކަމަށެވެ.

“އަޅުގަނޑު މިއަދު ހެނދުނު އެންމެ ފަހުން މީގެ މައުލޫމާތު ނަގައިގެން މިއައީ ޕޭ ކޮމިޝަންގެ ފަރާތުން. މިފަހަރު މުސާރަ ލިބޭއިރު، އިރާދަކުރެއްވިއްޔާ ޖުމްލަކޮށް، އިންޑިވިޖުއަލް ކޭސަސް ނުހުންނާނެއެކޭ ނޫން. އެކަމަކު ޖުމްލަކޮށް މިކަހަލަ މުސާރަ މައްޗަށް ނުގޮސް ތިބި ފަރާތްތަކުގެ މައްސަލަ ހައްލުވާނެ” ރައީސް ވިދާޅުވިއެވެ.

މިކަމުގައި ހާއްސަކޮށް ޤާނޫނީ ދާއިރާގެ މުވައްޒަފުންނާއި ކައުންސިލްތަކުގެ ބައެއް މުވައްޒަފުންގެ އިތުރުން އެޗްއާރްސީއެމްގެ މުވައްޒަފުން ހިމެނޭ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ– ފޮޓޯ: ރައީސް އޮފީސް

“މީގަ ހާއްސަކޮށް އިންވޯލްވް ވަނީ މިސާލަކަށް އެޗްއާރް ސްޓާފުން، ވަރަށް ބޮޑަށް ޑިސްއެޑްވާންޓޭޖް ވެފަ ތިބިކަމަށްވަނީ. ލީގަލް މުވައްޒަފުން، ލީގަލް ދާއިރާގައި ވަރަށް ބޮޑަށް އެކަން ދިމާވެފައި ކަމަށްވޭ. އަދި އޭގެ އިތުރަށް ކައުންސިލްތަކުގައި ވެސް އެކަހަލަ ބައެއް މަގާމުތައް ހުރި ކަމަށްވޭ” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މުސާރައިގެ އެފަދަ މައްސަލަތަކެއް ކުރިމަތިވީ، ޒަމާންތަކެއް ވަންދެން އެކި ގޮތްގޮތަށް ހުރި ސްޓްރަކްޗާތައް ހާމަނައިޒް ކުރުމުގެ ތެރެއިން ކަމަށެވެ. ވަކިވަކި އެކި މުވައްޒަފުން އެގޮތަށް ތިބި ނަމަވެސް އެކަން ހައްލު ކުރެވޭނެ ކަމުގެ ޔަގީންކަން ކޮމިޝަނުން ދީފައިވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް މުއިއްޒު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން– ފޮޓޯ: ރައީސް އޮފީސް

“އެ މައްސަލަތައް ހައްލުވެ އިރާދަކުރެއްވިއްޔާ މިމަހު މުސާރަ ދޭއިރުގަ، އަޅުގަނޑަށް މިއަދު ހެނދުނު ޔަގީންކަން ދެއްވި ޕޭ ކޮމިޝަނުން، އެ މައްސަލަތައް އޮންނާނީ ހައްލުވެފަ. މުސާރަ ހަމަ ބޮޑުވެފަ ކުރިއަށްވުރެ މައްޗަށް ގޮސްފަ” ރައީސް ވިދާޅުވިއެވެ.

އިތުރަށް ރައީސް ވިދާޅުވީ، ދެން ވެސް އެފަދަ މައްސަލައެއް ދިމާވެފައި ތިބި މުވައްޒަފުން ތިބިނަމަ އެކަން ހައްލުކޮށްދެއްވާނެ ކަމަށެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް، ކޮމިޝަނާ އޮފް ޕޮލިސްގެ އަރިހަށް

civil service office

މުސާރައިގެ ކުރިއެރުން ހައްގުވާ ތާރީޚުން ފެށިގެން ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުވާ ގޮތް ހަދައިފި

civil service office

ސިއްހީ ބޭނުންތަކަށް ޗުއްޓީ ނެގުން ފަސޭހަކޮށް އުސޫލު އިސްލާހުކޮށްފި