ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛު މުޙައްމަދު މުޖުތާޒު، ކޮމިޝަނާ އޮފް ޕޮލިސް އަޙުމަދު މުޙައްމަދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

އިއްޔެ، ފުލުހުންގެ މައި މަރުކަޒު، ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވި މި ބައްދަލުވުމުގައި ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

އެގޮތުން، ދެ މުއައްސަސާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމާއި، މުއައްސަސާތައް ތަރައްގީކުރުމަށާއި ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

އިޝްތިހާރު އިޝްތިހާރު